އިތުރު ދެ އަހަރު މެންޗެސްޓާ ސިޓީގައި މަޑުކުރަން، އެ ޓީމުގެ ހެޑް ކޯޗު ޕެޕް ގާޑިއޯލާ ކޮންޓްރެކްޓް އާކޮށްފިއެވެ.
ގާޑިއޯލާއާއި މެންޗެސްޓާ ސިޓީއާ ދެމެދު ސޮއިކުރެވުނު އާ އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރުގެ ސީޒަންގެ ނިޔަލަށް ސިޓީގެ ހެޑް ކޯޗުގެ މަގާމުގައި ގާޑިއޯލާ ހުންނާނެއެވެ. ސިޓީގައި އިތުރު ދެ އަހަރު މަޑުކުރަން ގާޑިއޯލާ ސޮއިކުރިއިރު، އޭނާގެ ކޮންޓްރެކްޓް ހަމަވާން އޮތީ މި ސީޒަންގެ ނިޔަލަށެވެ.
2016 ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ހަވާލުވި ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން ވަނީ އިންގްލިޝް ޕްރިމިއާ ލީގު ދެ ފަހަރު، ލީގު ކަޕް ތިން ފަހަރު އަދި އިންގްލިޝް އެފްއޭ ކަޕް އެއް ފަހަރު ހޯދާފައެވެ. ގާޑިއޯލާއާ އެކު ސިޓީއަށް އެންމެ މުހިއްމު މުބާރާތަކަށް ވެގެންދާނީ މިހާތަނަށް އަދި ކާމިޔާބު ކުރެވިފައި ނުވާ ޗެމްޕިއަންސް ލީގެވެ. މިހާތަނަށް އެ ކުލަބަށް 8 ތަށި އޭނާ ވަނީ ހޯދައިދީފައެވެ.
ކޮމެންޓު ފޮނުވާ