ޕެޑްރީގެ ގޯލުން ބާސާ މޮޅުވެ އެއްވަނައަށް

ޕެޑްރީގެ ގޯލުން ބާސާ މޮޅުވެ އެއްވަނައަށް

ސްޕެނިޝް ލަ ލީގާގައި ސެލްޓަ ވީގޯ އަތުން 1-0 އިން މޮޅުވެ، ލީގު ތާވަލްގެ އެއްވަނަ މަގާމު ބާސެލޯނާ އިން އަލުން ހޯދައިފިއެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ބާރސާއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ސެލްޓައިންނެވެ. ބާސާގެ ދަނޑުގައި ރޭ ކުުޅުނު މެޗުގެ ހަމައެކަނި ލަނޑު 17 ވަނަ މިނިޓުގައި ޖެހީ ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕެޑްރީ ރޮޑްރިގޭޒްއެވެ.

މިމެޗްގައި ބާސާގެ ފަރާތުން އެ ޓީމްގެ އެންމެ މޮޅު ކުޅުން ފެނިގެން ގޮސްފައެއް ނުވެއެވެ. އަދި ސެލްޓައިން ވަނީ މިމެޗްގައި ބާސާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިއިން އެއްވެސް ހަމަލާއެއް ކާމިޔާބުވެފައެއް ނުވެއެވެ.

މި ކާމިޔާބީއާއެކު ބާސާ ވަނީ ކުޅުނު އަށް މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނައިގައި އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށްވެސް 22 ޕޮއިންޓް ލިބިފައިވާއިރު، ބާސާއަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި ބާސާގެ މެދުގައި މި ސީޒަންގެ ފުރަތަމަ އެލް-ކްލަސިކޯ މެޗު ކުޅެވޭއިރު، އެ މެޗުގެ ނަތީޖާއަށްފަހު ތާވަލުގެ ކުރިއަށް ބަދަލު އަންނާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *