ކުދި ވިޔަފާރީގެ ތެރެއަށް ކައުންސިލުން ވަނުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް: ޝިފާޢު

ކުދި ވިޔަފާރީގެ ތެރެއަށް ކައުންސިލުން ވަނުމަކީ ރައްޔިތުންނަށް ކުރާ ޖެއްސުމެއް: ޝިފާޢު

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2022 08:38
0

ކުދި ވިޔަފާރީގެ ތެރެއަށް ކައުންސިލުން ވަނުމަކީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމަށްކަމަށް ވިދާޅުވެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު މާލެ ސިޓީ ކައުންސިލަށް ފާޑުވިދާޅުވެއްޖެއެވެ.

މާލޭގައި އެއްލައްކަ ގަސް އިންދުމަށް ސިޓީ ކައުންސިލުން ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން ވަނީ ގަހާއި ގަސް ކާނާ ވިއްކާ ފިހާރައެއް ކާނިވާ ސަރަހައްދުގައި ހުޅުވާފައެވެ. އެހެންކަމުން އެކަމަށް ފާޑުވިދާޅުވެ ޝިފާޢު ވިދާޅުވީ އެގޮތަށް  ކުދިވިޔަފާރިތަކަށް ކައުންސިލްތަކުންވަނުމަކީ ރައްޔިތުންނަށް ކުރެވޭ ޖެއްސުމެއްކަމަށެވެ.

ގަސް ވިއްކާ ފިހާރަ ހާރަ ހުޅުއްވުމަށް ބޭއްވި ހަފްލާގައި މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ، އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމަކީ ދެމެހެއްޓެނިވި އަދި ވަށައިޖެހޭ ގޮތެއްގައި ކުރިއަށް ގެންދާނެކަމަށެވެ. އަދި މާލޭގެ އެކި މައިޒާންތަކާއި ޕާކުތައް ފެހިކުރަން ގަހާއި ވިނަ އިންދިނުމުގެ މަސައްކަތް ވެސް ކުރަމުންކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި ގަސް ގަތުމަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން އަންނަކަމަށާއި، އޭގެ ސަބަބުން ސިޓީ ކައުންސިލަށް ވެސް އާމްދަނީއެއް ލިބޭނެ މަގުފަހިވާނެކަމަށް ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ގަސް އިންދައި މާލެ ފެހިކުރާނެ ބައެއްކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވީ މާލޭ އަމީނީމަގު ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން އާރުޑީސީން އެމަގުގައި ހުރި ޒަމާންވީ ބޮޑެތި ބިޔަ ގަސްތައް ކަނޑާތީ އެކަމަށް އިޝާރާތްކުރަމުންނެވެ. އެކަމާއި ބައެއް ޢާންމުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޮޑުތަކުރުފާނުހަވިއްތަ
މަޖުލިހުގައި ހުރެ ރައްޔަތުންގެ ފައިސާ ކައިގެންތިބެ އެހޮވިދާއިރާގެ ރައްޔިތަކައް ވެސް ކަމެއް ކޮށް ނުދީ ހުރެ މީހުން ކުރާ ކަންތަކާ ތިބެހެނީ ގައުމައް ގައްދާރު އެމްޑީޕީ އައް އެލާރި ކޮޅު ނުކެވިގެންބާ
އ އަދުރޭ
ދެން ކިއްލި ވިއްކާ ތަނަކާ ރަހުބިޑި ވިއްކާ ތަނެއް ހުޅުއްވާ