"ބްލެކް ޕެންތާ 2″ ގެ އާ ޓްރެއިލާ

"ބްލެކް ޕެންތާ 2″ ގެ އާ ޓްރެއިލާ

Author
ފާތިމަތު ނާވީ
10 އޮކްޓޯބަރ 2022 06:17
0

މާވެލް ސްޓޫޑިއޯ އިން ނެރޭ ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބައެއް އިންތިޒާރު ކުރަމުން އަންނަ "ބްލެކް ޕެންތާ"ގެ ދެވަނަ ބައި "ވަކަންޑާ ފޮރެވާ" ގެ އައު ޓްރެއިލާ އެއް އާންމުކޮށްފިއެވެ.

އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ މި ފިލްމް މީގެ ތިން މަހެއްހާ ދުވަސް ކުރިން ނެރުނު "ބްލެކް ޕެންތާ: ވަކަންޑާ ފޯ އެވާ"ގެ ޓްރެއިލާ ގެނެސްދީފައި ވަނީ ވަރަށް ޝައުގުވެރިކޮށް، ފިލްމުގެ ޖާދޫގައި ވަރަށް ބޮޑަށް ޖައްސާނެ ފަދަ ގޮތަކަށެވެ.

2018 ގައި ނެރުނު ބްލެކް ޕެންތާގެ ފުރަތަމަ ފިލްމަކީ މިހާތަނަށް އެ ސްޓޫޑިއޯ އިން ތައްޔާރުކުރި ފިލްމުތަކުގެ ތެރެއިން އެންމެ މަތިން ރޭޓިން ލިބުނު އެއް ފިލްމެވެ.

މިއަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ފުރަތަމަ ބައިވެސް ލިޔެ ޑައިރެކްޓުކުރި ރަޔަން ކޫގްލާއެވެ.

"ބްލެކް ޕެންތާ: ވަކަންޑާ ފޯ އެވާ" ގައި ކުރީގެ ބައެއް ތަރިންނާއެކު އިތުރު އައު ބޮޑު ކާސްޓެއްވެސް ފެންނާނެއެވެ. އޭގެ ތެރޭގައި ލެޓީޝިއާ ރައިޓް، ލުޕިޓާ ނިއޮންގޯ، ވިސްޓަން ޑޫކް، އެންޖެލާ ބެސޭ އަދި ޑާނިއާ ގްރީރާ ފަދަ ތަރިން ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.