ވެލިދޫގައި ހިންގި މާރާމާރީއެއްގައި ޒަޚަމްވި ޒުވާނާ އިތުރުފަރުވާއަށް މާލެ!

ވެލިދޫގައި ހިންގި މާރާމާރީއެއްގައި ޒަޚަމްވި ޒުވާނާ އިތުރުފަރުވާއަށް މާލެ!

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2022 08:53
0

ނ. ވެލިދޫގައި ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ޒަހަމްވި ޒުވާނަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މާރާމާރީ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 12:30 ހާއިރު ގައިކަމަށެވެ. ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާ ވެލިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ.

ވެލިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިއަދު މެންދު އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މަރާމާރީއާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އުމުރުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މިއަދު ހައްޔަރުކޮށްފައެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.