ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެ

ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެ

Author
މުޙައްމަދު ޝަޒައިމް
04 އޮކްޓޯބަރ 2022 09:47
0

ޑެންގީ ޖެހިގެން ފަރުވާ ދެމުން ދިޔަ ޒުވާނަކު މަރުވެއްޖެއެވެ.

އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު މަރުވީ އއ. ތޮއްޑޫ، ރަންމުތް، އާދަމް ވިޔާމު (19 އ) އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވިޔާމަށް ޑެންގީ ޖެހިގެން އޭޑީކޭގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފެށީ މީގެ ހަފްތާއެއް ކުރިންނެވެ.

މާލޭގައި ދިރިއުޅެމުން ދިޔަ ވިޔާމަކީ ކިޔަވާ ނިމިގެން މަތީ ތައުލީމަށް ކިޔެވުމަށް ތައްޔާރުވަމުން ދިޔަ ޒުވާނެކެވެ. ވިޔާމުގެ ޖަނާޒާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާ ސަހަރާގައެވެ.

ޑެންގީ ހުމުގެ ނުރައްކާ ބޮޑުވެ ރާއްޖޭގައި މިބަލީގައި އިއްޔެ ވަނީ ކުއްޖަކުވެސް ނިޔާވެފައެވެ. އައިޖީއެމްއެޗުން ބުނީ އިއްޔެ ނިޔާވެފައިވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއްކަމަށެވެ. މިއީ މިއަހަރުތެރޭގައި ޑެންގީ ޖެހިގެން އައިޖީއެމްއެޗްގައި ނިޔާވި ދެވަނަ ކުއްޖާއެވެ.

ޑެންގީ ހުން މިދުވަސްވަރު ފެތުރޭ ނިސްބަތް އިތުރުވެފައިވާއިރު ބަލިން ރައްކާތެރިވުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް އިސްކަންދޭންޖެހެއެވެ. އަދި މަދިރިން ރައްކާތެރިކުރުމަށް ނިވާވާފަދަ ހެދުންލުމަށާއި މަދިރި ލޯޝަން ފަދަ ތަކެތި ބޭނުންކުރުމަކީ މުހިއްމުކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.