އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ދެމީހަކު ހޯދަނީ

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ދެމީހަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
26 ސެޕްޓެމްބަރ 2022 09:04
0

ފުލުހުންގެ އިދާރާއިން ތަހުގީގް ކުރަމުންދާ މަރަކާއި ހީލަތުގެ މައްސަލައެއްގައި ދެމީހަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ވީޑިއޯއާއިއެކު ފުލުހުން އާންމުކޮށްފައިވާ ދެމީހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުންނެވެ.

ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

އެޗްޑީސީގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލާގައި ދެމީހަކު ހޯދަން އިއުލާން ކޮށްފައިވާއިރު މަރަކާއި ހީލަތުގެ މައްސަލައެއްގައި ހަތަރު މީހަކު ހޯދަން އިއްޔެވެސް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.