ސައުދީ އަރަބިއްޔާގެ ފުރަތަމަ އަންހެން ފުޓްބޯޅަ ލީގު ފަށައިފިއެވެ.
ސައުދީ އަރަބިއްޔާއަށް ޒަމާނީ ބަދަލުތަކެއް ގެންނެވުމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކުރައްވަމުން އަންނަ މަސައްކަތްޕުޅުގެ ތެރެއިން ސައުދީ އަންހެނުންނަށް ސްޓޭޑިއަމްތަކަށް ގޮސް ފުޓްބޯޅަ މެޗުތައް ބެލުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދިނީ 2018 ވަނަ އަހަރެވެ. އޭގެ ކުރިން އެ ގައުމުގައި އަންހެނުން ކުޅިވަރުތަކުގައި ބައިވެރިވުމަކީ އެގައުމުގެ ސަގާފަތާއި ދީނީ އުސޫލުތަކުގެ ތެރެއިން ހުއްދަކުރާ ކަމެއް ނޫން ކަމަށް އިލްމުވެރިން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.
ސައުދީއަރަބިއްޔާގެ ރިއާޒް، ޖިއްދާ އަދި ދަމްމާމްގައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 600 އަށްވުރެ ގިިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު މުބާރާތުގައިވާދަކުރަނީ ޖުމްލަ 24 ޓީމަކުންނެވެ. މިއީ މާޗްމަހު ފެށުމަށް ހަމަޖެހިފައި އޮތް މުބާރާތެކެވެ.
ސައުދީ ވިމެންސް ފުޓްބޯލް ލީގް (ޑަބްލިއުއެފްއެލް) ފެށި ދުވަހު ޖުމްލަ ހަތް މެޗު ކުޅެފައިވެއެވެ. މި މެޗުތައް ކުރިޔަށް ދިޔައީ ވެރިރަށް ރިޔާޒް އާއި ޖިއްދާގައެވެ. ފުރަތަމަ ސިޓީތަކުގެ މެދުގައި ކުޅުމަށްފަހު ދެން އޮންނާނީ ގައުމީ ފެންވަރުގެ މުބާރާތެކެވެ.