ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ ބަޔާންއަށް ބޮޑު ޕްރެޝަރެއް

ލީގުގައި ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެ ބަޔާންއަށް ބޮޑު ޕްރެޝަރެއް

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 09:08
0

ޖަރުމަނު ލީގުގައި މިރޭ ކުޅުނު މެޗުން އޮއުސްބާގް އަތުން 1-0 އިން ބަލިވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ ލީގު ފޯމަށް އިތުރަށް އަސަރުކޮށްފިއެވެ.

މި މެޗުން ބަޔާން ބަލިވިއިރު، ޖަރުމަން ލީގުގައި ބަޔާން އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އެ ޓީމަށް މޮޅެއް ނުލިބެއެވެ.

މެޗުގައި ބަޔާން ކޮޅަށް ހަމައެކަނި ލަނޑު ޖެހީ ދެވަނަ ހާފްގައި ބެރިޝާއެވެ. މިއީ މިސީޒަންގައި ބަޔާންގެ ފުރަތަމަ ބައްޔެވެ. ބަޔާން ހަތަރު ވަނައަށް ވެއްޓުނީ ލީގުގައި ވިދިވިދިގެން ހަތަރު މެޗުން މޮޅުނުވެ ދިއުމަށްފަހުއެވެ. ބަޔާންއަށް މޮޅުނުވެވުމުގެ ފައިދާއާއެކު ތާވަލްގެ އެއްވަނައަށް ޖެހިލީ ބޮރޫޝިޔާ ޑޯޓްމަންޑެވެ. އެއީ 1-0 ން ޝާލްކާ ބަލިކޮށް ހޯދި ތިން ޕޮއިންޓާއެކު 15 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތީ ޕޮއިންޓެއްގެ ފަރަޤަކާއެކު ޔޫނިއަން ބާލިންއެވެ.

މި މެޗުގެ ނަތީޖާއާ އެކު ބަޔާން އޮތީ 12 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. މި ހަފުތާގައި ކުޅޭ މެޗުތަކުގެ ނަތީޖާތައް ނުކުންނަ ގޮތަކުން، ބަޔާން ގަދަ ހަތަރަކުން ވެސް ވެއްޓިދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.