މަރުކަޒަށް ބޮޑުކަމު ދިޔަމީހާ، ނަފްސާނީއޭ، ޖިސްމާނީއޭ، ކިޔާ ދޫކޮށްލައިގެން ނުވާނެ: ނިހާދު

މަރުކަޒަށް ބޮޑުކަމު ދިޔަމީހާ، ނަފްސާނީއޭ، ޖިސްމާނީއޭ، ކިޔާ ދޫކޮށްލައިގެން ނުވާނެ: ނިހާދު

Author
މުޙައްމަދު ޝަޒައިމް
18 ސެޕްޓެމްބަރ 2022 08:23
0

ރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތްކަމުގައިވާ އިސްލާމި މަރުކަޒަށް ބޮޑު ކަމު ދިޔަމީހާއަކީ ނަފްސާނީ ނުވަތަ ޖިސްމާނީ މައްސަލަ ހުންނަ މީހެކޭ ބުނެ އޭނާ ދޫކޮށްލައިގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ފަރާތުން ތަރުޖަމާނަކު ހަމަނުޖެހުމުން، އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ ބަންދަށް އިއްޔެ ދީފައިވަނީ އެއްދުވަހެވެ. މިއަދު އޭނާގެ އަޑުއެހުން ތަރުޖަމާނަކާއިއެކު ކްރިމިނަލް ކޯޓުގައި ބާއްވާނެއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް، ތައުހީން ކުރާ މީހުންނަކީ ބޯހަމަ ނުޖެހޭ މީހުންކަމަށް ބުނެ ތަކުރާރުކޮށް ދޫކުރަމުންދާ މައްސަލައަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އަދި މިފަދަ ކަންކަމުގައި އަވަށްޓެރި އިންޑިއާއަށް ނިސްބަތްވާ މީހުންގެ ފަރާތުން މީގެ ކުރިންވެސް މިފަދަ ކަންކަން ތަކުރާރުވެ އެމީހުން ޑީޕޯޓް ކޮށްލުމާއި، މައްސަލަ ރަނގަޅަށް ނުބަލާ މައްސަލާގައި ގިނަ ބައެއްގެ ކަންބޮޑުވުން އެބައޮތެވެ.

މެމްބަރު ނިހާދު ވިދާޅުވީ އިސްލާމީ މަރުކަޒަށް ބޮޑުކަމު ގޮސް ހިންގާ މިފަދަ ކަންކަމަކީ އެއްގޮތަކަށްވެސް ބަލައި ގަނެވޭ ކަންތައްތަކެއް ނޫންކަމަށެވެ. މިމީހާއަކީ ބޯހަމަ ނުޖެހޭ މީހެއް ކަމަށްބުނެ ދޫކޮށްލައިގެން ނުވާނެކަމަށާއި، އޭނާ އަށް ހަރުކަށި އަދަބު ދޭންޖެހޭކަމަށް ނިހާދު ވިދާޅުވިއެވެ.

މިހާރު ދެން މާ މައްޗަށް މިދަނީ! ނަފްސާނީ އޭ ޖިސްމާނީ އޭ ކިޔާފަ ދޫކޮށްލައިގެން ނުވާނެ! ހަރުކަށި އަދަބު ދޭންޖެހޭ.

– ނިހާދު ވިދާޅުވިއެވެ.

ރާއްޖޭގެ މިސްކިތަށް ކުޑަ ކަމުދިއުމާއި އެ ތަންތަނުގެ ހުރުމަތް ކެނޑޭފަދަ ގިނަ އަލަމުތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.