އިސްލާމީ ޝިއާރުތަކުގެ ހުރުމަތް ކަނޑައި ތައުހީން ކުރާ ފަރާތްތަކާއިމެދު ހަރުކަށި ފިކުރު އަޅަންޖެހޭ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚު ޒައިދު މިހެން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް އިންޑިއާ މީހަކު ބޮޑުކަމުގެ ދިއުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ކުރެއްވި ޓުވީޓެއްގައެވެ.
ޝައިޚު ޒައިދު ވިދާޅުވީ މިފަދަ ކޮންމެ މީހަކީ ބޯހަމަ ނުޖެހެ މީހަކަށް ހަދައި ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. އިސްލާމް ދީނާއި، އިސްލާމީ ޝިއާރުތަކުގެ ހުރުމަތް ކަނޑައި، ތައުހީޏް ކުރާ މީހޫންނާއިމެދު އެމީހަކު ނިސްބަތްވާ ޤައުމަކަށް، ނަސްލަކަށް ބެލުމެއްނެތި ހަރުކަށި ފިޔަވަޅު އަޅަންޖެހޭކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.
ވަކި ނަސްލަކަށް ވަކި ޤައުމަކަށް ނުބަލާ، އަޅުގަނޑުމެންގެ އިސްލާމީ ޝިއާރުތަކުގެ ހުރުމަތް ކަނޑައި ތައުހީން ކުރާ ފަރާތްތަކާއިމެދު ހަރުކަށި ފިކުރު އަޅަންޖެހޭ! ނަފްސާނީ ބަލީގެ ޓެގްގައި މިޒަމާނުގެ މުޖުރިމުންނަށް ފިލޭ ނަމަ، އެއީ ހަގީގީ ނަފްސާނީ ބަލިމީހުންނަށްވެސް ކުރެވޭ ފުރައްސާރައެއް.
– ދީނީ އިލްމުވެރިޔާ ޝައިޚު ޒައިދު ވިދާޅުވިއެވެ.
ފުލުހުންގެ ފަރާތުން ތަރުޖަމާނަކު ހަމަނުޖެހުމުން، އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާ އެންމެ ދުވަހަކަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާގެ ކޯޓު އަމުރުގައި ބުނެފައި ވަނީ، މައްސަލައާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރިއިރުވެސް، އޭނާގެ މާދަރީ ބަހުން ތަރުޖަމާކޮށްދޭނެ ފަރާތެއް ހަމަޖެހިފައެއް ނުވެއެވެ. އަދި ފުލުހުންގެ ފަރާތުން އެ މައްސަލައިގައި ތަރުޖަމާނަކު ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
އެހެންވެ ތަރުޖަމާނަކު ނެތި ބަންދާއި މެދު ގޮތެއް ނިންމުމަކީ ތުހުމަތު ކުރެވޭ ފަރާތުގެ ކިބައިން ފާހަގަ ކުރަން ހުރިކަންކަން ފާހަގަ ކުރުމަށް ހުރަހެއް އޮތް ކަމަކަށް ވެދާނެތީ، މައްސަލައިގައި ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިފައިވާތީ، ކުރު މުއްދަތެއް ދިނުމަށްފަހު، މާދަމާ އަލުން ތަރުޖަމާނަކާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އެންގިފައިވާ ކަމަށް ކޯޓު އަމުުރުގައި ވެއެވެ.
ރާއްޖޭގެ މިސްކިތަށް ކުޑަ ކަމުދިއުމާއި އެ ތަންތަނުގެ ހުރުމަތް ކެނޑޭފަދަ ގިނަ އަލަމުތައް ފަހަކަށް އައިސް އިތުރުވެފައިވާ ކަން ފާހަގަކޮށްލަން ޖެހެއެވެ.
ކޮމެންޓު ފޮނުވާ