ފަހު ވަގުތު ލިވަޕޫލުން އަޔަކްސް ބަލިކޮށްފި

ފަހު ވަގުތު ލިވަޕޫލުން އަޔަކްސް ބަލިކޮށްފި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އޭގައި އަޔަކްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެންމެ ފަހު މިނެޓުގައި ކާމިޔާބުކުރި ލަނޑާއެކު ލިވަޕޫލް މޮޅުވެއްޖެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗް އެ ޓީމު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލުންނެވެ.

މެޗް ފެށުމުގެ ކުރިން ވަނީ ދާދިފަހުން އަވަހާރަވި އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ހަނދާނުގައި މި މެޗުގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގީ ލިވަޕޫލުންނެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މުހަންމަދު ސަލާހެވެ. ނަމަވެސް މި ލަނޑު ޖެހިތާ 10 މިނެޓްފަހުން އަޔެކްސްގެ މުހަންމަދު ކުޑޫސް ޖަހާދިން ލަނޑުން މެޗްގެ ނަތީޖާ ވަނީ ހަމަހަމަވެގެން ގޮސްފައެވެ.

މި ނަތީޖާގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަހާދިނީ ޖޮއެލް މަޓިޕްއެވެ. މެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިފައިވެއެވެ.

މިކާމިޔާބީ އާއެކު ލިވަޕޫލަށްމިވަނީ މިފަހަރުގެ މުބާރާތުގައި ފުރަތަމަ މެޗުން މޮޅުވެވިފައެވެ. އެޓީމް ކުޅުނު ފުރަތަމަ މެޗުންވަނީ ނާޕޮލީ އަތުން ބަލިވެފައެވެ. އަދި އަޔެކްސް މި ނާކާމިޔާބީއާއެކު މިހާރުވަނީ ގްރޫޕް އޭގެ ތިންވަނައަށް ފަހަތަށް ޖެހިލާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *