މި ސީޒަނުގައި ޓީމާ ގުޅުނު ފޯވާޑް ރޮބަޓް ލެވޮންޑޮސްކީގެ ހެޓްރިކާ އެކު، ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ ބާސެލޯނާ އިން ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލެޒެން އަތުން އަމިއްލަ ދަނޑުގައި 5-1 އިން މޮޅުވެއްޖެއެވެ.
ބާސެލޯނާ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެން ކޮޅަށް ފުރަތަމަ ގޯލު ޖެހީ ބާސެލޯނާގެ ފްރޭންކް ކެސިއޭއެވެ. މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ޖެހި ގޯލުން ލެވަންޑޯސްކީ ބާސެލޯނާ އަށް ލީޑުފުޅާކޮށްދިންއިރު، މެޗުގެ 44 ވަނަ މިނިޓްގައި ވިކްޓޯރިއާ ޕްލެޒެންގެ ޖޭން ސިކޯރާ ބޮލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ އޮސްމާން ޑެމްބެލޭގެ މަސައްކަތުން ތަނަވަސްކުރި ފުރުސަތެއްގައި ލެވަންޑޯސްކީ އަލުން އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ.
މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައި ލެވަންޑޯސްކީ އެ ކްލަބް ޖޯޒީގައި ފުރަތަމަ ހެޓްރިކް ހެދިއިރު، ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން ނުކުތް ފެރާން ޓޮރޭޒްއެވެ.
މި މެޗުގައި އިންޓަ އިން ގޯލް ބަލަހައްޓަން ފުރުސަތު ދިނީ އަޔަކްސް އިން މި ސީޒަނުގައި ގެނައި އަންދްރޭ އޮނާނާ އަށެވެ. އިޓާލިއަން ލީގުގައި މިދިޔަ ހަފުތާގައި ވާދަވެރި އޭސީ މިލާން އަތުން 3-2 އިން ބަލިވި މެޗުގައި ގޯލްކީޕަރު ސާމިރު ހެންޑަނޮވިޗްގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ފާޑުކިއުން އަމާޒުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ