ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ސައުދުﷲ ހަމަޖައްސަވައިފި

ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ސައުދުﷲ ހަމަޖައްސަވައިފި

ގުޅުންހުރި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް ސައުދުﷲ އަހުމަދު އައްޔަން ކުރައްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދުﷲ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ފާއިތުވެދިޔަ ހަފްތާގައެވެ. އަދި އޭނާވަނީ މިހަފްތާގައި ވަޒީފާއަށް ނުކުންނަވަންވެސް ފައްޓަވާފައެވެ.

ސައުދުﷲ އަކީ މީގެ ކުރިން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުކަމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯންގެ ޗެއާމަންގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ސައުދުﷲ އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްވެސް މެއެވެ.

ސައުދުﷲ ގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގައި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިން ބޭފުޅަކު ތިއްބަވައެވެ. އެއީ ހިދާޔާ ނަސީރާއި ހަމަދު އަބްދުލްޣަނީ އަދި ސިމާޒް އަލީއެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމްގައި ހުންނަވަނީ އެންމެ ބޭފުޅެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ