މައްސަލަ ބަލަނީ ޚުތުބާއަށް އުނިއިތުރު ގެނައުމުން: މިނިސްޓްރީ

މައްސަލަ ބަލަނީ ޚުތުބާއަށް އުނިއިތުރު ގެނައުމުން: މިނިސްޓްރީ

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2022 09:41
0

އައްޑޫ ސިޓީގައި ޚަތީބަކު، ޚުތުބާ ކޮމެޓީގެ ލަފައެއް ހޯދުމަކާއި ނުލައި ޚުތުބާއަށް އުނިއިތުރު ގެނެސްގެން ޚުތުބާކީ މައްސަލައެއް ބަލަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިނިސްޓްރީއިން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން އެޚަޠީބު ސަސްޕެންޑް ކޮށްފައިވާކަމަށެވެ. މިމައްސަލަ ބަލަމުންދަނީ އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީންނެވެ.

އައްޑޫ ބަހުރުވައިން ޚުޠުބާކިޔުމުގެ މައްސަލައަކަށްވުރެ ބޮޑަށް، ޚުޠުބާ ކޮމިޓީން ބަލަމުންދަނީ، އޮންނަ އުޞޫލާ ޚިލާފަށް، ފާސްކޮށްފައިވާ ޚުޠުބާއަށް އުނި އިތުރު ގެނައި މައްސަލައެވެ. ޚުތުބާ ކޮމިޓީގެ އެއްވެސް މަޝްވަރާއެއް ނެތި ޚުތުބާއަށް އުނިއިތުރު ގެނައުމަކީ މަނާކަމެކެވެ. ފާސްކޮށްފައިވާ ހުކުރު ޚުޠުބާއަށް ޚަޠީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެކަމަށްވެސް ކޮމިޓީން ވަނީ ބުނެފައެވެ.

މިމައްސަލަ ބަލަމުންދާ އައްޑޫ ސިޓީގައި އޮންނަ ޚުޠުބާ ކޮމިޓީގެ ރިޕޯޓް މިއަދު އިސްލާމިކް މިނިސްޓްރީއަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.