ތާރާ އާއި އޭނާގެ ލޯބިވެރިޔާ ވަރަށް ވަގަށް ކުރި ކަމެއް ފަޅާ އަރައިފި

ތާރާ އާއި އޭނާގެ ލޯބިވެރިޔާ ވަރަށް ވަގަށް ކުރި ކަމެއް ފަޅާ އަރައިފި

Author
ފާތިމަތު ނާވީ
19 ނޮވެމްބަރ 2020 06:31
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާރާ ސުތާރިއާ އާއި އޭނާގެ ލޯބިވެރިޔާ އާދަރް ޖެއިން ވަރަށް ސިއްރުން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އަތުވެއްޖެއެވެ.

ބޮލީވުޑްގެ ގިނަ ތަރިންގެ މެދުގައި ރާއްޖެ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ވަރަށް މަގުބޫލު މަންޒިލެކެވެ. އެގޮތުން ދާދި ފަހުން ވަނީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ފޮޓޯ ޝޫޓް އަކަށް ރާއްޖެ އައިސްފައިއެވެ. އަދި ހަމަ އެހެންމެ ޓައިގާ ޝްރޮފް އާއި ލޯބިވެރިޔާ ދިޝާ ޕަޓާނީ ވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ކޮވިޑްގެ ސަބަބުން މުޅި އިންޑިއާ ލޮކްޑައުން އަކަށް ދިއުމަށް ފަހު މިހާރު ދެމުން އަންނަ ލުއި ތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައިވެސް ބޮލީވުޑްގެ ގިނަ ތަރިން ރާއްޖެ އަންނާނެ ކަމަށް ލަފާ ކުރެވެއެވެ.

 

View this post on Instagram

 

A post shared by TARA? (@tarasutaria)

ތާރާ ބޮލީވުޑަށް ތައާރަފް ވެގެން ދިޔައީ ކަރަން ޖޯހަރްގެ "ސްޓޫޑެންޓް އޮފް ދަ އިޔާ 2″ އިންނެވެ. މި ފިލްމާއެކު ތާރާ އަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު މޫނަކަށް ވަނީ ވެގެން ގޮސްފައިއެވެ.

މީޑިއާ ރިޕޯޓް ތަށް ބުނާ ގޮތުގައި ތާރާ އާއި އާދަރް މިހާރު އަންނަނީ ކައިވެނި ކުރުމަށް ތައްޔާރު ވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.