ކުރީގެ ނާއިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފަދަ ފޮނިބޮޑު މީހުންނަށް އަސްލު މުހިންމު ކަންކަން އެނގިވަޑައި ނުގަންނަވާނެކަމަށް ވިދާލުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ. ރޮޒައިނާ މިފަދައިން ފާޑުވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްޤީކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ޓިނުން ހަދާފައިވާކަމަށް ބުނެ ޑރ.ޖަމީލް އަމާޒުކުރެއްވި ފާޑުކިޔުމާއި ގުޅިގެންނެވެ. ޑރ.ޖަމީލް ވަނީ އިއްޔެ ހުޅުވި ޓިނު ސްކޫލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުމުގެ ފެންވަރު ފެންނަކަަމަށެވެ.
ޖަމީލަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ ރައީސް ޞާލިޙްގެ ވިސްނުންފުޅަކީ ރީތި ސްކޫލެއް އަޅައި ނިމެންދެން ކުދިންނާއި މައިންބަފައިން ހާލުގައި ގެންގުޅުން ނޫންކަމަށެވެ. އައު ދާއިމީ ސްކޫލެއް ހެދެންދެންވެސް ކުދިންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމުގެ ވިސްނުން ރައީސް ގެންގުޅުއްވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ،
Ebunaa molhu school ahareh vaa iru ves molhah hadhaa nunimeyne. Kudhin ganethelhen jeheynee.
Jameel menkahala fonibodu meehunnakah neygeyne aslu muhimmu kankamakee kobai kameh! School eh molhuvanee ethaage kiyavaadhinun rangalhuveema. Faaru ranun hejjas molheh noon!— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) September 4, 2022
ޖަލީލް މެންކަހަލަ ފޮނިބޮޑު މީހުންންނަށް މުހިންމީ ކޮންކަމެއްކަން ނޭނގޭނެކަމަށާއި، ސްކޫލެއް މޮޅުވާމީ އެތާގެ ކިޔަވައިދިނުން ރަނގަޅުވުމުންކަމަށެވެ. ފާރު ރަނުން ޖެއްސަން މޮޅު ނުވާނެކަމަށް ވިދާޅުވެ ރޮޒައިނާ ރައްދު ދެއްވިއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު، 23 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ޓިނުން ހަދައިފައި ހުރިކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ޚާއްޞަކޮށް ހިޔާ ފްލެޓްތަކަކީ ކޮތަރު ކޮށިތަކެއްކަމަށް ސިފަކުރި ބަޔަކު، ސްކޫލެއްކަމަށް ބުނެ އެތަނުގައި ޓިނު ގުދަނެއް ހެދީކަމަށްވެސް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ކޮމެންޓު ފޮނުވާ