ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ނާއިބު ރައީސް މަޢުލުމާތު އޮޅުންފިލުއްވައިފި

ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސްއަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ނާއިބު ރައީސް މަޢުލުމާތު އޮޅުންފިލުއްވައިފި

Author
މުޙައްމަދު ޖިމީ
18 ނޮވެމްބަރ 2020 03:28
0

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުން ފިލުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޑައިބިޓީސް ސޮސައިޓީގެ އިސް ބޭފުޅުން ވަނީ އެ ބޭފުޅުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާފައެވެ. ހަމަ އެއާއެކު އެ ބޭފުޅުން ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި އެ ޖަމުޢިއްޔާއިން ކުރިއަށްގެންދަން ރާވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ވެސް ޙިއްޞާ ކުރައްވާ، އެ ޕްރޮގްރާމްތައް ހިންގުމަށްޓަކައި އެހީތެރިކަން ބޭނުންވާ ދާއިރާތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ދަންނަވާފައެވެ. އަދި ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ޚިދުމަތްދިނުމާ ގުޅޭ ގައިޑްލައިނެއް އެކުލަވައިލުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އެކު މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ސަރުކާރާއި އެހެނިހެން މުވައްސަސާތަކަށް މެދުވެރިކޮށް ޑައިބިޓީސް ސޮސައިޓީއަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާނެ ކަމުގައެވެ. އަދި، އެ ޖަމުޢިއްޔާއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގެ މަޢުލޫމާތު އެ މަނިކުފާނު ސާފުކުރެއްވިއެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ ޑައިބިޓީސް ސޮސައިޓީއިން ކުރަމުންދާ ބުރަ މަސައްކަތާއި ފޯރުކޮށްދެމުންދާ ޚިދުމަތްތަކަށް ފާހަގަކުރައްވާ، އެ ތަނުގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދައްނަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.