ފިރިހެނެއްގެ ކަރަށް ވަޅިހަރައި ޒަހަމްކޮށްލައިފި

ފިރިހެނެއްގެ ކަރަށް ވަޅިހަރައި ޒަހަމްކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2022 01:57
0

ރޭ ދަންވަރު އަންހެނަކާއި ފިރިހެނަކާއި ދެމެދު ހިނގި ހަމަނުޖެހުމެއްގައި ފިރިހެން މީހާގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ރޭ ހިނގި މިހާދިސާގެ މައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މީހަކަށް އަނިޔާއެއް ލިބިގެން އޭޑީކޭގައި ފަރުވާދެމުން ގެންދާކަމުގެ މަޢުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އަދި އެކަން އިތުރަށް ބަލަމުންދާކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ރޭ ދަނވަރު 3 ޖަހާކަން ހާއިރުކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިހާދިސާ ހިނގަން މެދުވެރި ސަބަބެއްވެސް އަދި ހާދިސާ އާއި ގުޅޭ މާބޮޑު ތަފްސީލެއްވެސް ފުލުހުން އަދި ހިއްސާކޮށްފައިނުވެއެވެ.

އެނގިފައިވާ ގޮތުގައި އަންހެނަކާއި ފިރިހެނަކާ ދެމެދު ދަންވަރު ހިނގި ހަމަނުޖެހުންތަކެއްގައި ވަޅިން ހަމަލާދިނީ އަންހެން މީހާއެވެ. އެކަމަކު އެއީ ދެމަފިރިން ކަމެއް ނުވަތަ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުން ކަމެއް ސާފެއް ނުވެއެވެ.

އެމީހާއަށް އޭޑީކޭގައި ކުޑަ އޮޕަރޭޝަނެއް ކުރުމަށްފަހު އާއިލާއިން ބޭނުންވެގެން މިހާރު ވަނީ ގެއަށް ދޫކޮށްލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.