ނުރަސްމީ ދަތުރެއްގައި ނަޝީދު އިންޑިއާއަށް

ނުރަސްމީ ދަތުރެއްގައި ނަޝީދު އިންޑިއާއަށް

Author
މުޙައްމަދު ޝަޒައިމް
27 އޮގަސްޓް 2022 10:15
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

މަޖިލިސް އިދާރާއިން ބުނެފައިވަނީ ރައީސް ނަޝީދުގެ މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަމަށެވެ. ރައީސް ނަޝީދުގެ މިދަތުރުގެ މާބޮޑު ތަފްސީލެއް މަޖިލިސް އިންދާރާއިން ހާމަކޮށްފައި ނުވެއެވެ. ރައީސް ނަޝީދު އިންޑިއާއަށް ފުރާ ވަޑައިގެންފައިވާއިރު އެމަނިކުފާނު ވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް އިންޑިއާއަށް ވަޑައިގެންފައެވެ.

އެމަނިކުފާނުގެ އެ ދަތުރުފުޅަކީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި 7ވަނަ ރައިސީނާ ޑައިލޮގުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާއަކީ މިސަރުކާރާއި ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. ޚާއްސަކޮށް ވެރިކަމާއި ރައީސް ޞާލިހު ހަވާލުވެ ވަޑައިގެންނެވި ފަހުން ތަރައްޤީގެ ގިނަ މަޝްރޫޫޢުތަކާއި، އިޤްތިޞާދީ ގިނަ ކަންކަމުގައިވެސް ރާއްޖެއިން ވަނީ ވަރަށް ބޮޑަށް އިންޑިއާއަށް ބަރޯސާވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޥ ޥ
އިންޑިޔާއަށްދާއިރަށް ހާދަ ަަރަކަށޭ ހިނިއައިސްސާމިހުންނަނީ ދެރައީސުން ބަހަބަހާގެން އިންޑިޔާއަށް މިދަނީ ެބ ަަީވެބަކޮށްމެފަދަ ނުރައްކާއެއްބަސްވުމެށްވެސްހަދާފާނެކ