ގާސިމްގެ ސިއްޙީ ހާލު ސީރިއަސްކަމަށް ފެތުރިގެން އުޅެނީ ދޮގު ޚަބަރެއް

ގާސިމްގެ ސިއްޙީ ހާލު ސީރިއަސްކަމަށް ފެތުރިގެން އުޅެނީ ދޮގު ޚަބަރެއް

Author
ހުސެއިން
27 އޮގަސްޓް 2022 04:41
0

ޖުމުހޫރީ ޕާޓީގެ ލީޑަރު ސަން އައިލޭންޑުގައި ހުންނަވަނިކޮށް ސިއްޙީ ހާލުކޮޅު ސީރިއަސްވެގެން އެރަށް އިމަޖެންސީ ޑޮކްޓަރުންގެ ޓީމެއް ފުރާފައި ވާކަމަށް ސޯޝަލް މީޑިއާގައި ފެތުރިގެން އުޅޭ އަޑުތައް އެޕާޓީން ދޮގު ކޮށްފިއެވެ.

ޖޭޕީން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ގާސިމް ސީރިއަސް ސިއްހީ މައްސަލައެއް ނޫޅެއެވެ. އެހެންނަމަވެސް މި ޚަބަރާއި ގުޅޭގޮތުން އިތުރު ތަފްސީލެއް އެ ޕާޓީން ހާމަ ކޮށްފައެއް ނުވެއެވެ.

ގާސިމްއަކީ މިހާރު އުމުރިލިފުޅުން 70 އަހަރަށްވުރެ މަތީ ބޭފުޅެއްނަމަވެސް ދިރިއުޅުއްވަނީ ވަރަށް ހަރަކާތްތެރި ކޮށެވެ. މިގޮތުން ސިޔާސީ އަދި ވިޔަފާރީގެ ހުރިހާ ކަމެއްގައިވެސް އަމަލީގޮތުން އުޅުއްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.