ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް، ފަރުވާ ދޭން ފަށައިފި

ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް، ފަރުވާ ދޭން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2022 07:24
0

މާލޭ ދެކުނު ފަރާތު ފަތާ ޓްރެކް ސަރަހައްދުގެ ބޭރު ތޮށިމަތިން މިއަދު ކަނޑަށް ފުންމާލި މީހަކު ސަލާމަތްކޮށް ފަރުވާ ދޭން ފަށައިފިއެވެ.

ކަނޑަށް ފުއްމާލީ ދިވެހި ފިރިހެނެކެވެ. އޭނާ ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 15:58 ގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޭނާ ސަލާމަތް ކުރުމަށް ފަހު، އައިޖީއެމްއެޗުގައި ފަރުވާ ދޭން ފަށާފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޯދައި، ސަލާމަތް ކުރުމުގެ މަސައްކަތްކުރީ ފުލުހުންގެ ލޯންޗަކުންނެވެ. އެ ވަގުތު އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވެ ތިބިއެވެ. އެ މީހާ ކަނޑަށް ފުންމައިލި ސަބަބެއް ނޭނގެ އެވެ. އެކަމަކު، އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ކަމަށް އެ ސަރަހައްދަށް އެއްވެ ތިބި ބައެއް މީހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.