ސެލްޓަ އަތުން ރެއާލަށް ބޮޑު މޮޅެއް

ސެލްޓަ އަތުން ރެއާލަށް ބޮޑު މޮޅެއް

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2022 08:37
0

ލޫކަ މޮޑްރިޗްގެ ތަފާތު މޮޅު ގޯލާ އެކު، ރެއާލް މެޑްރިޑުން 4-1 އިން ސެލްޓަ ވީގޯ އަތުން ރޭ ބޮޑު މޮޅެއް ހޯދައިފިއެވެ.

ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަަރައި އަލްމޭރިއާ އަތުން މޮޅުވި ރެއާލް، ރޭ ލީޑުނެގީ 11 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ޖެހި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ސެލްޓަގެ ރެނާޓޯ ޓަޕިއާ އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ. މި ލަނޑު 14 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ކަރިމް ބެންޒެމާއެވެ.

މި ލަނޑަށްފަހު ވެސް ރެއާލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް، 23 ވަނަ މިނެޓުގައި ސެލްޓާ އިން ވަނީ ނަތީޛާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އިއާގޯ އަސްޕަސްއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ރެއާލްއަށް އަނބުރާ ލީޑު ހޯދައިދިނީ ލޫކާ މޮޑްރިޗްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާއެއްގައެވެ. މިއާއެކު، ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއަކުން ސެލްޓަގެ މައްޗަށް ރެއާލް ކުރީގައި އޮވެގެންނެވެ.

ދެވަނަ ޙާފް ފެށިގެން ރެއާލް އިން އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، 56 ވަނަ މިނެޓުގައި ލީޑު ވަނީ އިތުރަށް ފުޅާ ކޮށްފައެވެ. މި ލަނޑު ލޫކާ މޮޑްރިޗް ދިން ރީތި ޕާހަކުން ކާމިޔާބުކުރީ ވިނީސިއަސް ޖޫނިއާއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ.

ރެއާލްގެ ހަތަރު ވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކުރީ ވަލްވާޑޭއެވެ. މި މެޗުގައި ރެއާލްއަށް 87 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައިވާއިރު، އެޑެން ހަޒާޑް ފޮނުވާލި މި ޕެނަލްޓީ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.