މިއަހަރުގެ މެއި، ޖޫން ގައި ކުރިއަށް ގެންދިޔަ ކެމްބްރިޖް އޯލެވެލް، އިމްތިޙާނާއި އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ނަތީޖާ ދޫކުރަން ފަށައިފިއެވެ.
ޖޫން 11ގައި ފެށި އިމްތިހާނުގެ ނަތީޖާ ރައްޖޭގެ ހުރިހާ ސްކޫލަކުން ވަނީ މިއަދު ދޫކުރަން ފަށާފައެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އޯލެވެލް އަދި އެސްއެސްސީގެ ނަތީޖާ މިއަދު 12:00 އިން ފަށައިގެން އެ ދަރިވަރަކު އިމްތިހާނު ހެދި ސެންޓަރަކުން ލިބޭނެކަމަށެވެ.
މި އިމްތިހާނުގެ ނަތީޖާގައި މައްސަލައެއް އޮތްކަމަށް ފެންނަ ނަމަ މި މަހުގެ 21 އިން ސެޕްޓެމްބަރު މަހުގެ 1 އާ ހަމައަށް ހުށައެޅުމަށް ފުރުޞަތު އޮންނާނެކަމަށް ޑީޕީއީ އިން ބުންޏެވެ.
މިއަހަރުގެ ކެމްބްރިޖް އޯލެވަލް އަދި އައި.ޖީ.ސީ.އެސް.އީ އިމްތިޙާން ކުރިއަށް ގެންދިޔައީ 13 އޭޕްރިލުން ޖޫން 10 ވަނަ ދުވަހާ ހަމައަށެވެ. އަދި އެސް.އެސް.ސީ އިމްތިޙާނު ކުރިއަށް ގެންދިޔައީ 1 ޖޫނުން ފެށިގެން ޖޫން 6ވަނަ ދުވަހާ ހަމައަށެވެ.
ކެމްބްރިޖް އޯލެވަލް އަދި އައި.ޖީ.ސީ.އެސް.އީ އިމްތިޙާން ހެދުމަށްޓަކައި މުޅިއެކު 236 މަރުކަޒަކުން 5936 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެސް.އެސް.ސީ އިމްތިޙާނު ހެދުމަށްޓަކައި 233 މަރުކަޒަކުން 5640 ދަރިވަރުން ވަނީ މިއަހަރު ބައިވެރިވެފައެވެ.
ކޮމެންޓު ފޮނުވާ