ގެބޯންގެ ސަރުކާރުން އަރުވާ ޢިއްޒަތް މިނިސްޓަރ ޝާހިދަށް

ގެބޯންގެ ސަރުކާރުން އަރުވާ ޢިއްޒަތް މިނިސްޓަރ ޝާހިދަށް

Author
މުޙައްމަދު ޝަޒައިމް
17 އޮގަސްޓް 2022 08:29
0

ގެބޯންގެ ސަރުކާރުން އަރުވާ ޢިއްޒަތް، "ނޭޝަނަލް އޯޑަރ އޮފް މެރިޓް އޮފް ދަ ގެބަނީޒް ރިޕަބްލިކް" ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ޢާއްމު މަޖިލީހުގެ ރައީސް ޝާހިދަށް އަރުވައިފިއެވެ.

މިނިސްޓަރ ޝާޙިދަށް މި ޢިއްޒަތް އެރުވީ މިއަދު ގެބޯންގެ ވެރިރަށް ލީބްރަވިލް ގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އެމަނިކުފާނަށް މި ޢިއްޒަތް އަރުވާފައިވަނީ ގެބޯންގެ ރައީސް އަލީ ބޮންގޯ އޮންޑިމްބާއެވެ.

އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތެރިންނަށް އަރުވާ މި ޢިއްޒަތް ތަޢާރަފްކުރެވުނީ 1971 ވަނަ އަހަރުއެވެ. މިނިސްޓަރ ޝާހިދު މިވަގުތު ގެބޯންގައި ހުންނެވީ އދ.ގެ ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

ދިވެހިރާއްޖެއިން ގެބޯންއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 20 މާރިޗު 2008 ގައެވެ. މިއަހަރު ދެ ޤައުމުގެ ގުޅުމަށް 14 އަހަރު ވަނީ ފުރިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.