ފަހަތުން އަރައި މޮޅުވެ ޗެމްޕިއަން ރެއާލުން ފެށުން ރަނގަޅުކޮށްފި

ފަހަތުން އަރައި މޮޅުވެ ޗެމްޕިއަން ރެއާލުން ފެށުން ރަނގަޅުކޮށްފި

Author
މުޙައްމަދު ޝަޒައިމް
15 އޮގަސްޓް 2022 02:19
0

މި ސީޒަނުގެ ސްޕެނިޝް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި އަލްމޭރިއާގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ކުރި ހޯދައިފިއެވެ.

އަލްމޭރިއާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަކުރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. އެކަމަކު މެޗުގެ ހަވަނަ މިނެޓުގައި އަލްމޭރިއާއިން ވަނީ ލަނޑެއް ޖަހައި، ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލާގީ ރަމަޒާނީއެވެ.

މި މެޗުގައި އަލްމޭރިއާގެ ގޯލްކީޕަރު ފެނާންޑޯ މާޓިނޭޒް ވަނީ ރެއާލްގެ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ. އެކަމަކު މެޗުގެ 61 ވަނަ މިނެޓުގައި ލޫކަސް ވަޒްކޭޒް ޖަހާދިން ލަނޑުން ރެއާލުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މި މެޗުން ރެއާލް މޮޅުވި ލަނޑު މެޗުގެ 75 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޑޭވިޑް އަލަބާއެވެ.

މި މޮޅާއެކު ރެއާލުން މި ސީޒަނުގެ ފެށުން ރަނގަޅު ކުރިއިރު، ސްޕެނިޝް ލީގުގެ ފުރަތަމަ ހަފުތާގައި އަދި ނުކުޅެ ތިން މެޗު އެބައޮތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.