ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

Author
ހުސެއިން
14 އޮގަސްޓް 2022 07:21
0

އެމްޑީޕީގެ ރައީސް އަދި އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަދަމާ ނޫސްވެރިންނާ ބައްދަކު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެމްޑީޕީން ހާމަ ކޮށްފައިވާ ގޮތުގައި މާދަމާ ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާނީ ހެދުނު 11:00 ގައެވެ.

މާދަމާ ނަޝީދު ނޫސްވެރިންނާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާއިރު، ފާއިތުވެދިޔަ މަހުގެ 22 ވަނަ ރަސްމީ ދަތުރު ފުޅެއްގައި ސީޝެލްއަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެންފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ސީޝެލްއަށް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވަނީ، ސަރުކާރުގެ ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ގިނަ ގުނަ ފިޔަވަޅުތަކެއް އަޅުއްވާ، ސަރުކާރުގެ އިސްވެރިން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައްވެސް މަދު ކުރައްވާ އަދި މިއަހަރުގެ މިނިވަން ދުވަހުގެ ގިނަ ހަރަކާތްތައްވެސް ނުބާވާފައި ވަނިކޮށެވެ.

ސީޝެލްއަށް ކުރެއްވި ދަތުރުފުޅަށްފަހު މާލެ ވަޑައިގަތުމުގެ ކުރިން ނަޝީދުވަނީ އިނގިރޭސިވލާތަށްވެސް ވަޑައިގެންފައެވެ. އަދި އެތަނުގައި ހުންނަވަނިކޮށް، އަމިއްލަފުޅު ފޯނު މީހަކު ޖަހައިގެން ގެންގޮސްފައިވާކަމަށް ވިދާޅުވެފައި ވެއެވެ.

ސީޝެލްއަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުގެ ކުރިން، ނަޝީދުވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ގަރާރެއް ކުރިޔަށް އޮތް އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހަޅުއްވާފައެވެ.

ނަޝީދު މާދަމާ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމެޖެހިފައިވާއިރު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މައްސަލާގައި ރައީސް ސާލިހުއާއ ނަޝީދުގެ ޚިޔާލު ތަފާތުވެ އެމްޑީޕީވަނީ ވަރަށް ބޮޑަށް ބައިބައި ވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.