ސަލްމާންގެ ފިލްމުން ފެންނާނެ، ބަލަން ދާތި: ޝެހެނާޒް

ސަލްމާންގެ ފިލްމުން ފެންނާނެ، ބަލަން ދާތި: ޝެހެނާޒް

ސަލްމާން ޚާން ހޯސްޓް ކޮށްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 13 ވަނަ ސީޒަން ގައި ގިނަ ބައެއްގެ ހިތް ފަތަހަ ކުރި ޝެހެނާޒް ގިލް "ކަބީ ޢީދު ކަބީ ދިވާލީ" ފިލްމުން ބޭރުކޮށްލި ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.

ސަލްމާނާ ގާތް ގުޅުމެއް ޝޯއިން އުފެދުން ބަތަލާ އަންނަނީ ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ކަބީ ޢީދު ކަބީ ދިވާލީ" ގައި މަސައްކަތް ކުރަމުންނެވެ. މިހާރު ޝޫޓިން ކުރިއަށްދާ މި ފިލްމުގެ ރޯލެއް އޭނާއަށް ލިބިފައި ވާއިރު، އެ ފިލްމުން އޭނާ ނުފެންނާނެ ކަމަށް ދާދިފަހުން ވަނީ އަޑު އަރާފައެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

ނަމަވެސް މިވާހަކަ ތަަކާ ގުޅިގެން ޝެހެނާޒް ބުނީ، ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި ވާހަކައެއް ދައްކާއިރުގައި ތެދު ދޮގު ބެލުމަށް އެދޭކަމަށެވެ.

"އަހަރެން ފިލްމުން ބޭރެއް ނުކުރޭ. ފިލްމުގެ މަސައްކަތް މިދަނީ ކުރަމުން. ފިލްމު ބަލަން އަންނާތި އޭރުން އަހަރެން އެ ފިލްމުގައި ކުޅެފައިވާ ބައި ފެންނާނެ. މިހާރު އަހަރެން އެންމެ ހިނިއަންނަ ޖޯކަށް މިވާހަކަތައް މިވަނީ ވެގެން ގޮސްފައި."

– ޝެހެނާޒް

އޭނާ ބުނީ މިހާރު އެވާހަކަ ތަކަކީ ވަރަށް ބޮޑަށް މުނިފޫހިފިލުވައި ދީ ހީލުމުގެ ފުރުސަތު ލިބޭ ވާހަކަތަކެއް ކަމަށެވެ. އަދި ފިލްމުގެ މަަސައްކަތް ކުރިއަށް ދާކަމަށްވެސް އޭނާ ވަނި ބުނެފައެވެ.

 

View this post on Instagram

 

A post shared by Shehnaaz Gill (@shehnaazgill)

މި ފިލްމަކީ ސަލްމާނާ އެކުގައި ބޮޑު ކާސްޓެއް ފެނިގެންދާނެ ފިލްމެކެވެ. އޭގެތެރޭގައި ޕޫޖާ ހޭގްޅޭ، ރާގަވް ޖުވާލް އާއި މަލްވިކާ ޝަރްމާގެ އިތުުރުން އެހެން ތަރިންވެސް ފެނިގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *