"ލާލް ސިންގް ޗައްޑާ" އަށް އާމިރު ބޭނުންވީ މަނޫޝީ

"ލާލް ސިންގް ޗައްޑާ" އަށް އާމިރު ބޭނުންވީ މަނޫޝީ

Author
ފާތިމަތު ނާވީ
11 އޮގަސްޓް 2022 05:06
0

ބޮލީވުޑްގެ ސުޕަސްޓަރ އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމް "ލާލް ސިންގް ޗައްޑާ" މިއަދު ރިލީޒް ކުރާނެއެވެ. މި ފިލްމްގައި އާމިރާއެކު ފެނިގެންދާނީ ކަރީނާ ކަޕޫރެވެ.

ފިލްްމް ރިލީޒް ކުރުމަށް ވަގުތު ކުޑަތަން ވަމުން އަންނަ އިރުގައި ވެސް ފިލްމް އާއި ގުޅޭ ނޭނގޭ އެތަށް ވާހަކަތަކެއް އަންނަނީ ހާމަވަމުންނެވެ.

އެގޮތުން އެންމެ ފަހުގެ ހަބަރުތަށް ބުނާ ގޮތުގައި މި ފިލްމް އަށް ކަރީނާ ކުޅޭ ބައި ކުޅުމަށް އާމިރު ބޭނުންވީ ރީތީގެ ރާނީ މަނޫޝީ ޗިއްލަރު ކަމަށެވެ. އަދި އޭނާ އަށް ފިލްމް ހުށައެޅި ކަމަށާއި ނަމަވެސް އޭނާ ފިލްމް ރިޖެކްޓް ކުރީ ކަމަށް ބުނެފައިއެވެ.

ސަބަބަކީ އޭރު މަނޫޝީ އޮތީ ޔަޝް ރާޖް ފިލްމް އާއި އެކުގައި "ޕްރިތްވީރާޖް" އަށް ސޮއިކޮށްފައިއެވެ. އަދި ބޮލީވުޑް އަށް ނުކުރުމަށް އެފަދަ ބޮޑު ޕްރޮޑަކްޝަން ހައުސްއެއްގެ އަތް އޮތުމަކީ އޭނާ އެންމެ ފައިދާ ހުރި ގޮތް ކަމަށް ގަބޫލު ކުރީ ކަމަށެވެ.

ނަމަވެސް "ޕްރިތްވީރާޖް" ވެގެން ދިއައީ ބޮޑު ފްލޮޕް އަކަށެވެ. އުންމީދު ކުރިވަރާއި ގާތަށްވެސް ފިލްމް ހިނގާއިފައިއެއް ނުވެއެވެ. ފިލްމްގެ ނާކާމިޔާބީ އާއި އެކުގައި މަނޫޝީ އަތުގައި މިވަގުތު އޮތީ އެއްމެ ފިލްމްއެކެވެ. އެއީ ޖޯން އަބްރަހަމަ އާއިއެކު އޭނާ ފެނިގެންދާ ފިލްމް "ތެހެރާން"އެވެ.

 

View this post on Instagram

 

A post shared by Manushi Chhillar (@manushi_chhillar)

ފިލްމް އަށް އެބަސް ވިނަމަ މަނޫޝީ ބޮލީވުޑް އަށް ތައާރަފް ވަނީ އާމިރު ހާން އާއި އެކުގައި "ލާލް ސިންގް ޗައްޑާ" އިންނެވެ. އެ ފިލްމްގައި މަނޫޝީ ކުޅޭނީ ކަރީނާ މިހާރު ކުޅެފައިވާ އާމިރުގެ އަންހެނުންގެ ރޯލެެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.