ލިވާތުކުރާ މީހުންގެ ވާހަކަތަކަކީ ޖޯކުޖަހާ، މަޖަލަކަށް ހަދައިގެން ދަކަންވާވަރުގެ ވާހަކަތަކެއް ނޫންކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝައިޚް ޙަސަން ފިކުރީ ވިދާޅުވެއްޖެއެވެ.
ބަންގްލަދޭޝްގެ ޒުވާނެއްކަމަށްވާ އެމްޑީ އަލަމްގިރިއާއެކު ރާއްޖޭގެ ގިނަ ޢަދަދެއްގެ ފިރިހެނުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ވަނީ އާންމުވާން ފަށާފައެވެ. އެ ފާހިޝް ކަންތަކާއި ގުޅިގެން ދީނީ ގިނަ ޢިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދީނީ ޢިލްމުވެރިޔާ ޝައިޚް ޙަސަން ފިކުރީ ވިދާޅުވީ، ލިވާތުކުރާ މީހުންގެ ވާހަކަތަކަކީ ޖޯކުޖަހާ، މަޖަލަކަށް ހަދައިގެން ދަކަންވާވަރުގެ ވާހަކަތަކެއް ނޫންކަމަށާއި، އެއީ ހަޑިމުޑުދާރު، ވިޔާނުދާ ފާހިޝް އަމަލުތަކެއްކަމަށެވެ. އެފަދަ ޢަމަލުތައް އާންމުވާހިނދު، އެ މުންކަރާތްތައް މަނާ ނުކުރުމަކީ އާންމުވެގެންވާ ކޯފާއެއް އައިސްދާނޭފަދަ ބިރުވެރި ކަމެއްކަމަށްވެސް ޝައިޚް ފިކުރީ ވިދާޅުވިއެވެ.
ލިވާތުކުރާ މީހުންގެ ވާހަކަތަކަކީ ޖޯކުޖަހާ، މަޖަލަކަށް ހަދައިގެން ދަކަންވާވަރުގެ ވާހަކަތަކެއް ނޫނެވެ. ހަޑިމުޑުދާރު، ވިޔާނުދާ ފާހިޝް އަމަލުތައް އާންމުވާހިނދު، އެ މުންކަރާތްތައް މަނާ ނުކުރުމަކީ އާންމުވެގެންވާ ކޯފާއެއް އައިސްދާނޭފަދަ ބިރުވެރި ކަމެކެވެ. pic.twitter.com/XAkPXk1iNK
— 𝐒𝐡𝐤 𝐇𝐚𝐬𝐬𝐚𝐧 𝐅𝐢𝐤𝐫𝐞𝐞 (@HassanFikree) August 10, 2022
ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތޭރޭގައި ލީކުވަމުންދާ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކުންވަނީ ގިނަ ދިވެހިންނެއް ފެނިގެން ގޮސްފައެވެ.
އޭގެ ތެރޭގައި ދައުލަތުގެ މުވައްސަސާތަކާއި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ލީކުވަމުންދާ ވީޑިއޯތަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދެ މީހަކާއި، ހޯމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކާއި ރައްޔިތުން މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފަކު ވެސް ހިމެނެއެވެ. އިއްޔެ ވަނީ މުދިމަކު ވެސް ސަސްޕެންޑް ކޮށްފައެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.
މީގެ ތެރެއިން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވަނީ ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ކާނަލް ނަޝީދާއި، ފުލުހެއްކަމަށްވާ ޢަބްދުއްރަހީމް ރާފިއު (ދޮންދިގު)ގެ މައްޗަށެވެ.
ފުލުހުން ބުނެފައިވަނީ އެ މުވައްސަސާއިން ތަހުގީގު ކުރަމުންދަނީ އަލަމްގިރިއާއެކީ ގުޅުން ހިންގާފައިވާ 38 މީހެއްގެ މައްސަލަ ކަމުގައެވެ.
އެއް ޖިންސުން ގުޅުން ހިންގަނިކޮށް އަލަމްގިރި ރެކޯޑް ކޮށްފައިވާ ވޯޑިއޯތަކުގެ ބޭނުން ކޮށްގެން ގިނަބަޔަލު ބްލެކްމެއިލް ކުރަމުންދާ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ