މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ ތާރީޚުދެކޭނެ އެންމެ ބޮޑު ޚިޔާނާތް: ޚަލީލް

މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ ތާރީޚުދެކޭނެ އެންމެ ބޮޑު ޚިޔާނާތް: ޚަލީލް

Author
މުޙައްމަދު ޖިމީ
10 އޮގަސްޓް 2022 09:38
0

މާލެ ސަރަހައްދުން ހިލޭ ގޯތި ދިނުމަކީ ރާއްޖޭގެ ތާރީޚު ދެކޭނެ އެންމެ ބޮޑު ޚިޔާނާތްކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުން މާލޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ގޯތި ދޫކުރަން ނިންމުމާއި ގުޅިގެން ރާއްޖެތެރެއާއި މާލޭގެ ތަފާތުކުރުންތަކާއެކު އެތައް ބަޔަކު އަންނަނީ ބަހުސްކުރަމުންނެވެ. މާލެއިން ގޯތި ދިނުމަށް މާލޭގެ ރައްޔިތުން ވަކާލާތުކުރަމުން އައިނަމަވެސް އެއީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ހުރިހާ ރައްޔިތުން ހަމަހަމަވާނެކަމަށް ބުނާ ބުނުމާއި، ސަރުކާރުން ޚިލާފުވުންކަމަށް ބައެއް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.

މާލެ ސަރަހައްދުން މާލެ ރައްޔިތުންނަށް އެކަނި ގޯތި ދޫކުރަން ސަރުކާރުން ނިންމި ނިންމުމަށް ފާޑުވިދާޅުވެ ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޚަލީލް ވިދާޅުވީ، ރާއްޖޭގައި އޮތް ހަމައެކަނި އާރބަން ސެންޓަރ، ގްރޭޓަރ މާލެ ސަރަހައްދުން ހިލޭ ގޯތި ކެނޑުމަކީ ރާއްޖޭގެ ތާރީޚް ދެކޭނެ އެންމެ ބޮޑު ޚިޔާނާތްކަމަށެވެ.

 

"ގެދޮރުވެރިން" މި ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ތެރެއިން މާލޭ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ދޫކުރާނީ ސަރުކާރުގެ "ބިންވެރިޔާ ސްކީމް"އާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެއާއި ގުޅީފަޅުންނެވެ.

މި 2 ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ޝަރުތު ހަމަވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ "ގެދޮރުވެރިން ޕޯޓަލް" (https://gedhoruverin.gov.mv) މެދުވެރިކޮށެވެ.

"ގެދޮރުވެރިން" ޕްރޮގްރާމްގެ ދަށުން ހުޅުވާލާފައިވަނީ 4000 ފްލެޓާއި، 3000 ގޯއްޗަށް ކުރިމަތިލުމަށެވެ. އެއީ، ހުޅުމާލެއިން 1000 ގޯއްޗާއި ގުޅިފަޅުން ދޫކުރާ 2000 ގޯއްޗެވެ.  4000 ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެއިންނެވެ.

މި ޕްރޮގްރާމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅާފައިވާ ބިމުގެ ޖުމްލަ ބޮޑުމިނަކީ 3750000 (ތިން މިލިޔަން ހަތް ލައްކަ ފަންސާސް ހާސް) އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ ގޯތި ލިބުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައަޅާނީ މައިގަނޑު 3 އުޞޫލަކުންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޒ ޒަރީ
ކިހާ ބޮޑު ތުރާލެއް މުޅި ގައުމުގެ އެންމެންނަށް ޚިދުމަތް ދޭން ބޭނުންވާ ބިންތައް މާލެއިން ނަގާ ނަގާ މުޅި މާލެ ހުސް ކުރީ. ޢަސްލު މާލޭގެ ރައްޔިތުން ތިބީ މަގުމަތި ވެފަ.
ޜ ޜޓ
ރާއްޖެތެރޭ ހުރިހާއެންމެން މާލޭސަރަހައްދު ގިރައިގެން ބޯލަންވީނު