އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފި

Author
ހުސެއިން
08 އޮގަސްޓް 2022 08:20
0

ބަންގލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ތުގުމަތުގައި 18 މީގެއްގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓަފައިވާއިރު، މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 3 މީހެއްކަމުގައެވެ. މީގެ ތެރޭގައި، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އަދިވެސް ހިމެނޭކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ބަންގްލާދޭޝްންގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރި ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކެއް މިހާރުވެސް ދަނީ ލީކު ވަމުންނެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންނާއި، ދައުލަތުގެ މުވައްސަސާތަކާއި، ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ ބައެއް މުވައްޒިފުންނާއި އަދި ދީނީ ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މިގޮތުން ލީކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ބުނާ ސަރުކާރު މުވައްޒަފުން ވަޒީފާތަކުން ސަސްޕެންޑް ކޮށްފައިވާއިރު، ބައެއް ފަރާތްތައް ހައްޔަރު ކޮށްގެން ފުލުހުންދަނީ އެމީހުންގެ ތަހުގީގުތައްވެސް ކުރިޔަށް ގެންދަމުންނެވެ. އޭގެތެރޭގައި، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއާއި އަދި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.

ބަންގލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ. އަދި އެއް ޖިންސުން ގުޅުން ހިންގަނިކޮށް އަލަމްގިރި ރެކޯޑް ކޮށްފައިވާ ވޯޑިއޯތަކުގެ ބޭނުން ކޮށްގެން ގިނަބަޔަލު ބްލެކްމެއިލް ކުރަމުންދާ ކަމުގައީ ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަބްދުﷲ
ސިޓިން ރޫމް ތަކުގަ ކިޔާލެވޭފެންވަރުގެ ޢިބާރާތުން ބުވޭނެ! މިސާލަކަށް އަލަމް ގިރި ކޭސްގެ 18 ބައިވެރިގެ ޕާސްޕޯޓް ހިފާޓައިފި ސިޓިންރޫމް ތަކުގަ ކިޔާލަން އުނދަގުލެނުވާނެ
އ އަބްދުﷲ
ސިޓިން ރޫމް ތަކުގަ ކިޔާލެވޭފެންވަރުގެ ޢިބާރާތުން ބުވޭނެ! މިސާލަކަށް އަލަމް ގިރި ކޭސްގެ 18 ބައިވެރިގެ ޕާސްޕޯޓް ހިފާޓައިފި