މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާލޭގެ ގެއެއްގައި ޒަހަމުތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިފައިވާ ކަމަަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ދަނީ އެ މީހާ މަރާލާފައި އޮއްވާ ފެނުނު ގޭގަައި ހަރަކާތްތެރި ވަމުންނެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އެނާގެ ފިރިމީހާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެނގިފައިވާގޮތުން، ދިވެހި އެ ފިރިހެން މީހާ އޭނާގެ އަންހެނުންގެ ކަރު ބުރިކޮށްލީ ދެ މީހުންގެ ދެމެދުގައި ޒުވާބު ކުރުމަށް ފަހުއެވެ. ކަރު ބުރި ކުރުމުގެ އިރުތަކެއް ކުރިންވެސް ދެމަފިރިން ޒުވާބު ކުރާ އަޑު އެ ގޭތެރެއިން އިވިފައި ވެއެވެ.
ފުލުހުން ދިޔައިރު، އެ އަންހެން މީހާގެ ކަރު ބުރި ކޮށްލާފައި އޮތީ ދެމަފިރިން ނިދާ ކޮޓަރި ތެރޭގައެވެ. ދެމަފިރިން ހ. ޝީރީންވިލާގައި ދިރިއުޅެނީ އެއް ރޫމް އެޕާޓްމެންޓެއްގައެވެ. އެގިފައިވާގޮތުން ފުލުހުންދިޔައިރު ފިރިމީހާ އެއްވެސް ހަރަކާތެއް ނުކޮށް އިނީ ގޭގެ ތިރީގައެވެ. އެއިރު އޭނާ އިނީ ލެއިން ތަތްތެޅިފައެވެ.
ނިޔާވެފައި ވަނީ ފުވައްމުލަކުގެ 22 އަހަރުގެ ޒުވާން އަންހެނެއް ކަމަށްވާ ޝިއާއު މުހައްމަދު ސައީދުއެވެ. ޝިއާއު މަރާލި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 23 އަހަރުގެ ރާއްޖޭގެ ޒުވާން ސްކޭޓަރު އަލީ ޝާހިލްއެވެ.
ކޮމެންޓު ފޮނުވާ