ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާއެކީ އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިހާރު ހައްޔަރު ކޮށްފައިވާ، ބަންގްލަދޭޝަން ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރި އޭނާގެ ތަހުގީގުގައި އިއުތިރާފްގެ އެއްބަސްވުމެއް ހަދަން އެދިފާއިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އިއުތިރާފްގެ އެއްބަސްވުން ހެދުމަށް އަލަމްގިރި އެދިފައި ވީނަމަވެސް، އެ މައްސަލާގައި އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. މައްސަލަ ޝަރީއަތަށް ފޮނުވުމުގެ ކުރިން ހަދާ އިއުތިރާފްގެ އެއްބަސްވުމަކީ ކުށްކުރި މީހާއާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދެމެދު ހަދާ އެއްބަސްވުމެކެވެ.
މިގޮތުން ހަދާ އެއްބަސްވުމުގެ ނަތީޖާއެއްގެ ގޮތުން، ކުރެވޭ ތުހުމަތުތަކަށް އެއްބަސްވެ، ކުށްކުރި ފަރާތުން ކުށާއި ގުޅޭ ގިން މައުލޫމާތު މުވައްސަސާތަކާއި ހިއްސާކުރާނެއެވެ. އަދި އޭނާއަށް އަދަބު އޭގެ ނަތީޖާއެއްގެ ގޮތުން ލުއިވެއެވެ.
އިއުތިރާފުގެ އެއްބަސްވުން ހަދަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުންނެވެ. މިއީ ލިޔުމުން ހެދޭ އެއްބަސްވުމަކަށް ވާއިރު، މިއެއްބަސްވުމުގެ ދަށުން ކުށްކުރާ ފަރާތައް ލިބިގެންދާނީ ކުށަށް ކަނޑައެޅިގައިވާ އެންމެ ކުޑަ އަދަބެވެ. އަދި އެއީ އެންމެ ކުޑައަދަބު ކަނޑައެޅިފައިވާ ކުށަކަށް ނުވާނަމަ ދެވޭނެ އަދަބަކަށް ވެގެން ދާނީ ކަނޑައެޅިފައިވާ އަދަބުގެ ދެބައިކުޅަ އެއްބަޔަށްވުރެ ކުޑަ ނުވާ އަދަބެލެވެ.
ގިނަބަޔަކާއިއެކު އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކެއް ލީކު ވުމާއި ގުޅިގެން އެއްޖިއްސުން ގުޅުން ހިންގި މައްސަލާގައި އާންމު ރައްޔިތުންގެ ޕްރެޝަރު ބޮޑުވެ އެންމެފަހުން އެ އަމަލު ހިންގި މަންޒަރު ރެކޯޑުކުރި ބަންގުލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގިރި ފުލުހުން ހައްޔަރުކޮށްފައި ވަނީ ފާއިތިވު ޖުލައިމަހުގެ 12 ވަނަ ދުވަހުއެވެ.
އަލަމްގިރިއާއެކު، ހައްޔަރު ކޮށްގައިވާ، ލީކުވެފައިވާ ވީޑިއޯތަކުން ފެންނަކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދާއި، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ކޮއްކޮގެ އިތުރުން ނޫސްވެރިކާ ނަސީރުވެސް ހިމެނެއެވެ. އޭގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަގައި މިހާރުވަނީ ޓީޗަރަކާއި، ހޯމް މިނިސްރީގެ މުވައްޒަފެއްގެ އިތުރުން މަޖިލިސް އިދާރާގެ ޖޫނިއަރ މުވައްޒަފަހުކުވެސް މިހާރުވަނީ ސަސްޕެންޑް ކޮށްފައެވެ
ކޮމެންޓު ފޮނުވާ