ކުރީގެ ރައީސް ޢަބްދުﷲ ޔާމީންނަށް ފާޑުކިޔޭވަރުގެ ޤާބިލުކަމެއް މިސަރުކާރުގައި ނެތްކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޙަސަން މުފީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރި ދައުރަމަވްނަތަ ހޮސްޕިޓަލް މިސަރުކާރުން ރަހުނުކުރަން ނިންމުމާއި ގުޅިގެން، އަމާޒުވި ފާޑކިއުންތަކަށް ފިނޭންސް މިނިސްޓްރީން ރައްދު ދިނުމާއި ގުޅިގެން، މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ކުރެއްވި ޓްވީތެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް ފާޑުކިޔޭވަރުގެ ޤާބިލުކަމެއް މިސަރުކާރުގައި ނެތްކަމަށެވެ. އަދި މިހާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރާއި، މުޅި ސަރުކާރު މަސައްކަތްކުރަނީ ރާއްޖެ ދަރަނިން ސަލާމަތްކުރަންކަމަށް ވިދާޅުވިޔަސް ރައްޔިތުން މިއަދު ޤަބޫލު ނުކުރާނެކަަށްވެސް ޙަސަން މުފީދު ވިދާޅުވިއެވެ.
ރައްދު ދިނުމަށްވުރެ ވަޢުދު ފުއްދުން އައުލާކަން ބޮޑު
-މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޙަސަން މުފީދު ވިދާޅުވިއެވެ.
Raees Yameen ah faadu kiyey varuge qaabil kameh
mi sarukaaraku neiy!adhi miadhuge Finance Minister aai,mulhi sarukaaru masahkaiy kurany rajje dharanin salaamaiy kuran kamah vidhaalhu viyakas rayyithun miadhu qabooleh nukuraane.
Rahdhu dhinumah vure va'udhu fuhdhun a'ulaakan bodu! pic.twitter.com/gncJDOr51R— Hasa Na (@Hasa_Naa) November 16, 2020
ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރަން މިސަރުކާރުން ނިންމުމާއި ގުޅިގެން ކުރީ ސަރުކާރުގެ ވެރިންނާއި މަޖިލިސް މެންބަރުން އަދި އެހެން ބައެއް ފަރާތްތަކުގެ ފާޑުކިއުންތައް ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފައެވެ.
ކޮމެންޓު ފޮނުވާ