އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ލާލް ސިންގް ޗައްޑ" ބޮއިކޮޓް ނުކުރުމަށް އޭނާ އެދިފިއެވެ. މިހާރު ސޯޝަލް މީޑިއާގައި އަންނަނީ މި ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.
މި ވާހަކަ ތަކަށް ރައްދުދެމުން އާމިރު ބުނީ އެއްވެސް މީހަކު މި ފިލްމް ބޮއިކުޓް ނުކުރުމަށާއި ވީހާވެސް ގިނަ ބަޔަކު މި ފިލްމު ބެލުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މީިއީ 2018ގެ ފަހުން ބަލާލަން ލިބޭ އާމިރުގެ ފުރަތަމަ ފިލްމެވެ. މި ފިލްމަކީ އާމިރު ޚާނާ އެކުގައި ކަރީނާ ކަޕުރޫ ފެނިގެންދާނެ ފިލްމެކެވެ.
ސޯޝަލް މީޑިއާގައި ދަނީ ބޮއިކޮޓްލާލްސިންގްޗައްޑާގެ ހޭޝްޓެގްގައި ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ. އެ ފިލްމާ ދެކޮޅަށް ބައެއް މީހުން ކެމްޕޭން ކުރަނީ އާމިރަކީ ހިންދޫ ދީނަށް ފުރައްސާރަކޮށް، ގައުމިއްޔަތަށް ވެސް ލޯބިނުކުރާ މީހެއް ކަމަށް ބުނެއެވެ.
"ލާލް ސިންގް ޗައްޑާ" އަކީ ހޮލީވުޑްގެ 1994 ގެ ފިލްމު "ފޮރެސްޓް ގަމްޕް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 11 ވަނަ ދުވަހަށެވެ.