ސުޕަ ކަޕް 10 ވަަނަ ފަހަރަށް ބަޔާނުން ކާމިޔާބުކޮށްފި

ސުޕަ ކަޕް 10 ވަަނަ ފަހަރަށް ބަޔާނުން ކާމިޔާބުކޮށްފި

ބަޔާން މިއުނިކުން 10 ވަނަ ފަހަރަށް ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބަޔާނުންނެވެ. އެއާއެކު މެޗުގެ 14 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖަމާލް މުސިއާލާއެވެ.

އަދި މެޗުގެ 31 ވަނަ މިނެޓުގައި މިސީޒަނުގައި ބަޔާނާ އަލަށް ގުޅުނު ސާޑިއޯ މާނޭ ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭނާ ބަޔާނަށް ކާމިޔާބުކޮށްދިން ފުރަތަަމަ ލަނޑެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޖަމިން ޕަވާޑް ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. މި މެޗްގައި ލައިޕްޒީގުން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 59 ވަނަ މިނެޓުގައި ޖަހާދިނީ މާސެލް ހަލްސްޓެންބާގްއެވެ. ނަމަވެސް އޭގެ ފަހުން ބަޔާނުގެ ސާޖް ގްނާބްރީ ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީ، އަނެއްކާވެސް ތިން ލަނޑުގެ ލީޑެއް ނަގާދީފައެވެ.

މި މެޗުގައި ލައިޕްޒީގުގެ ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އެންކުންކޫއެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޑެނީ އަލްމޯ ޖަހައިދިން ލަނޑާއެކު، ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އެއް ލަނޑަށް ލައިޕްޒީގުން ކުޑަކުރިއެވެ. އެކަމަކު މެޗުގެ އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި ލިރޯއި ސާނޭ ވަނީ ލަނޑެއް ޖަހައި، ބަޔާނަށް އަލުން ލީޑު ފުޅާކޮށްދީފައެވެ.

މިއީ ބަޔާނުން ޖަރުމަން ސުޕަ ކަޕް ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. އެ ޓީމަކީ ޖަރުމަން ސުޕަ ކަޕުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *