ޤައުމުގެ ލީޑަރުންގެ އަމިއްލަ މަޞްލަހަތު އިސްކޮށް ރައްޔިތުން ނިކަމެތިކޮށްފި: ނާޒިމް

ޤައުމުގެ ލީޑަރުންގެ އަމިއްލަ މަޞްލަހަތު އިސްކޮށް ރައްޔިތުން ނިކަމެތިކޮށްފި: ނާޒިމް

Author
މުޙައްމަދު ޖިމީ
30 ޖުލައި 2022 09:43
0

ޤައުމުގެ ލީޑަރުން އަމިއްލަ މަސްލަހަތު އިސްކޮށް ރައްޔިތުން ނިކަމެތިކޮށްފިކަމަށާއި، މިނޫންގޮތެއް ހޯދަން ޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް (ކާނަލް) ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ދައުލަތުގެ އިސް ބައެއް ވެރިންގެ ދަށު ދަރަޖައިގެ ތުހުމަތުކުރެވޭ މައްސަލަތަކަށް އިޝާރާތްކުރައްވައެވެ. ކާނަލް ނާޒިމް ވިދާޅުވީ، ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތިން ދައުލަތުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާނަމޭ ބުނެ، ރައްޔިތުންނަށް ވައުދުވެ،ގައުމާއި ހަވާލުވެގެންތިބި ލީޑަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް ގައުމާއި ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލައިފިކަމަށެވެ. އެހެންކަމުން މިނޫން ގޮތެއް މިހާރު މިއޮތީ ހޯދަންޖެހިފައިވާކަމަށް ނާޒިމް ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝިދުގެ ކޮއްކޮ، ނާޒިމް ސައްތާރު ހައްޔަރު ކޮށްފައިވާތީ، ރައީސް ނަޝީދު ގެންދަނީ ރައީސް ޞާލިހާއި، އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުންނަށް އަމާޒުކޮށް ބޮޑެތި ތުހުމަތުރައް ކުރަމުންނެވެ.

އއ. އަތޮޅުގެ ރިސޯޓެއްގައި ހުންނަވަނިކޮށް ނާޒިމް ހައްޔަރު ކުރުމާއެކު، ނަޝީދު ޓްވީޓެއް ވެސް ކުރެއްވިއެވެ. އަދި ނާޒިމް ހައްޔަރުކުރީ ސިޔާސީ މަގުސަދެއްގައި ސަރުކާރު ކޯލިޝަންގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސަން ކަމަށް ވެސް ނަޝީދު ވިދާލުވެފައިވެއެވެ.

ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުޙައްމަދުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުއްވާފައެވެ. އެގޮތުން އޭގެ ފޮޓޯ ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.