ލިވާތުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަޞީރުގެ ބަންދަށް 10 ދުވަސް

ލިވާތުކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަޞީރުގެ ބަންދަށް 10 ދުވަސް

Author
މުޙައްމަދު ޖިމީ
30 ޖުލައި 2022 07:10
0

އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)އާއި ފުލުހެއްކަމަށްވާ ޢަބްދުއްރަހްމާން ރައޫފް ހައްޔަރުކޮށްފައެވެ. އެމީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.

ނަސީރު ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯ ޢާންމުވުމާއެކު އޭނާ ވަނީ ޓުވީޓާ އެކައުންޓް ޑިލީޓް ކޮށްލާފައެވެ. ނަސީރުގެ އިތުރުން މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު ވެސް އިއްޔެ ވަނީ ހައްޔަރު ކޮށްފައެވެ.

މީގެ އިތުރުނ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޙުސައިން) އަންހެނަކާއި ފިރިހެނަކާއެކު ބަރަހަނާ ހާލުގައިވާ ކަމަށް ބުނާ ފޮޓޯއެއްވެސް ވަނީ ޢާންމުވެފައެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަވެސް ބަލަމުން އަންނަކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.