ރަންވީރު ބަރަހަނާ ފޮޓޯ ނެގި މައްސަލަ ފުލުހަށް

ރަންވީރު ބަރަހަނާ ފޮޓޯ ނެގި މައްސަލަ ފުލުހަށް

Author
ފާތިމަތު ނާވީ
27 ޖުލައި 2022 04:42
0

ދާދި ފަހުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގް މަޖައްލާއަކަށް ފޮޓޯ ޝޫޓް އަކަށް ބަރަހަނާވި މައްސަލަ އެއް ޖަމިއްޔާ އަކުން ފުލުހުންނަށް ހުށައަޅައިފިއެވެ.

މުމްބައިގެ ޗެމްބޫރް ގެ ޕޮލިސް ސްޓޭޝަން އަށް އަމިއްލަ ޖަމިއްޔާ އަކުން އިއްޔެ ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އެއީ އަންހެނުންގެ ޖަޒުބާތުކަށް ފުރައްސާރަކުރުމުގެ ގޮތުން ހިންގާފައިވާ ދަށު ދަރަޖައިގެ އަމަލެކެވެ. އަދި ރަންވިރުގެ މި އަމަލުގެ ސަބަބުން އޭނާ އާއި މެދު ފިޔަވަޅު އަޅަށް ޖެހޭކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ ބުނެފައިއެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މަޝްހުރު ބަތަލާ ދީޕިކާ ޕަދުކޯން ގެ ފިރިމީހާ، ވަނީ އެ ޝޫޓޫގެ ބައެއް ފޮޓޯތަށް ވެސް ސޯޝަލް މީޑިއާގައި އާންމު ކޮށްފައިއެވެ. ބައެއް ފޮޓޯތަށް ނަގާފައި ހުރި ގޮތުން އޭނާ އެއްވެސް އެއްޗެއް ނުލައި އެކޮށް ބަރަހަނާ ވެފައި ވާކަމަށް ފެންނަން ހުރި ނަމަވެސް އޭނާ ހުރީ ކަޅުކުލައިގެ ޖަންގިޔާއެއް ލައިގެންނެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

މި މައްސަލައާއި ދެކޮޅަށް މީހުން މައްސަލަ ހުށައެޅިކަމުގައި ވިޔަސް މިކަމުގައި ރަންވީރަށް ތައުރީފް ކޮށް އަދި އޭނާގެ ކެެރުމަށް ތައުރީފް ކޮށްވަނީ ދިފާއު ގައި ވާހަކަ ދައްކައިފައިއެވެ.

މި ފޮޓޯ ޝޫޓް މިފަދަ ގޮތަކަށް ކުރިއަށް ގެންދިއަ އިރު ރަންވީރު ފާހަގަ ކުރެވިގެން ގޮސްފައިވަނީ ވަރަށް ތަފާތު ސްޓައިލެއްގައި ހެދުން އަޅާ ތަރިއެއްގެ ގޮތުގައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.