ގޭގައި އަމިއްލަ އަށް ވެސް ހޭންޑް ސެނެޓައިޒާ ރައްޔާރު ކޮށްލެވިދާނެ

ގޭގައި އަމިއްލަ އަށް ވެސް ހޭންޑް ސެނެޓައިޒާ ރައްޔާރު ކޮށްލެވިދާނެ

ކޮވިޑް-19 ގެ ބަލިމަޑުކާމާއި އެކުގައި ހޭންޑް ސެނެޓައިޒާ ގިނަ ބައެއްގެ މެދުގައި މަގުބޫލުު ވެގެން ދިއައެވެ. އަދި ާކެޓް ގައި ވިއްކާ ހޭންޑް ސެނެޓައިޒާ ގެ ޑިމާންޑް ވަރަށް ބޮޑު ވެސް ވިއެެވެ.

އެއާއި އެކު ބައެއް ޕްރޮޑަކްޓްތަށް އަތް ނުފޯރާ ފަށަށް ވެސް އަރައިގެން ދިއައެވެ. އަދި ލިބުން ގަންނަން ލިބުން ދަތި ދުވަސް ވަރެއް ވެސް ދިއަވެސް މެއެވެ.

ނަމަވެސް ކަންކަން ހަމައަކަށް އެޅި ހޭންޑް ސެނެޓައިޒާ މަތިން ބައެއް މީހުން ވަނީ ހަދާން ނެތިފައިއެވެ. ނަމަވެސް އަދިވެސް ގިނަ ބަޔަކު ހޭންޑް ސެނެޓައިޒާ ބޭނުން ކުރެއެވެ.

ހަގީގަތުގައި ބޮޑު އަގު ދީފައި ހޭންޑް ސެނެޓައިޒާ ގަތުމުގެ ބަދަލުގައި ގޭގައިވެސް ތައްޔާރު ކޮށްލެވިދާނެއެވެ. މި ކިޔައިލަ ދެނީ ގޭގައި ހޭންޑް ސެނެޓައިޒާ ތައްޔާރު ކުރެވިދާނެ ގޮތަކަށެވެ.

މި ސެނެޓައިޒާ ތައްޔާރު ކުރުމަށް ބޭނުންވާނީ ވަރަށް މަދު ބާވަތް ތަކެކެވެ. އެގޮތުން ހޭންޑް ސެނެޓައިޒާ ތައްޔާރު ކުރުމަށް ބޭނުންވާނީ:

1 ކަޕް އައިސޯޕްރޮޕައިލް އަލްކަހޯލް

1 މޭޒުމަތީ ސަމުސާ އަލޮވޭރާ

2-3 ޑްރޮޕް އެސެންޝިއަލް އޮއިލް (ބޭނުން ވައްތަރެއް ބޭނުން ކުރެވިދާނެ.)

މިހުރިހާ އެއްޗެއް ފުޅިއަކަށް އެޅުމަށްފަހު ރަނގަޅަށް ހުރިހައި އެއްޗެއް މިކްސް ކޮށްލާށެވެ. ނުވަތަ ފުޅި ހުރިހާ އެއްޗެއް އެކުވަންދެން ޝޭކް ކޮށްލާށެވެ. އޭރަށް ހުންނާނީ ހޭންޑް ސެނެޓައިޒާ ތައްޔާރު ވެފައިއެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *