މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 9ލައްކައިން މައްޗަށް

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ޢަދަދު 9ލައްކައިން މައްޗަށް

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 9 ލައްކައަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެތަފާސްހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 900808 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %57.5 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 572123ފަތުރުވެރިންނެވެ. މި މިއަހަރުގެ މި މުއްދަތުގެ ތެރޭގައި އެވެރެޖްކޮށް ދުވާލަކު 4482 ރާއްޖެ އައިސްފައިވެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި އެވަރެޖްކޮށް 8 ދުވަސް ހޭދަކޮށްފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކުރަނީ އަވައްޓެރި އިންޑިއާއިންނެވެ. ދެވަނައިގައި އިނގިރޭސިވިލާތް އޮތްއިރު، 3 ވަނަ މާކެޓެއްގެ ގޮތުގައި އޮތީ ރަޝިއާއެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އިންޑިއާއިން އެކަނިވެސް 132151 (އެއް ލައްކަ ތިރީސް ދެ ހާސް އެއް ސަތޭކަ ފަންސާސް އެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. އެއީ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ %14.7 އެވެ.

މިއަހަރުގެ ފުރަތަމަ 6 މަސް ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މާރިޗުމަހުގެ ތެރޭގައެވެ. އެމަހު އެކަނިވެސް ރާއްޖެއަށް 150748 (އެއް ލައްކަ ފަންސާސް ހާސް ހަތް ސަތޭކަ ސާޅިސް އަށް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މާރިޗުމަހާ އަޅާބަލާއިރު %37.6 އިތުރުވުމެކެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޯވިޑް-19ގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމަކީ ޗައިނާއެވެ. ނަމަވެސް ކޯވިޑަށްފަހު ޗައިނާ މާކެޓް އެއްކޮށްހެން އޮތީ ހުއްޓިފައެވެ. އިނގިރޭސިވިލާތުން މިހާތަނަށް 104667 ފަތުރުވެރިން އައިސްފައިވާއިރު، 3 ވަނައިގައި އޮތް ރަޝިއާއިން ރާއްޖެ އައިސްފައިވަނީ 94151 ފަތުރުވެރިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *