ބޮލީވުޑްގައި މިހާރު އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ އެކްޓަރު ކާތިކް އާރިޔާންގެ ކުރިއަށް އޮތް ފިލްމު "ޝެހެޒާދާ" ރިލީޒް ކުރުން ފަސްކޮށްފިއެވެ.
މި ފިލްމު ރިލީޒް ކުރާ ދުވަސް ފަސްކުރުމާއެކު އިތުރު ފިލްމަކާ ފުށުއަރާގޮތް ވާނެއެވެ. ފިލްމު ރިލިޒް ކުރުމަށް މިހާރު ތާވަލް ކޮށްފައި ވަނީ އަންނަ އަހަރުގެ ފެބުރުވަރީ 10 ވަނަ ދުވަހަށެވެ.
ބޮލީވުޑްގެ ނުފޫޒުގަދަ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ކަރަން ޖޯހަރުގެ ""ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ރިލިޒް ކުރުމަށް ވެސް މީގެކުރިން ތާވަލް ކޮށްފައިވަނީ އެދުވަހުގައިއެވެ. އެހެން ނަމަވެސް އެފިލްމު އެތާރީހަށް ވުރެ ލަސްވާނެކަން މިހާރު ކަރަންވެސް ވަނީ ޔަގީން ކޮށްދީފައެވެ.
އެހެންނަމަވެސް ވަރަށް ފްރެޝް ޖޯޑެއް ކަމުގައިވާ ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރުގެ، އަދި މިހާތަނަށް ނަމެއް ދީފައިނުވާ، ފިލްމެއް ފެބުރުވަރީ 10 އަކަށް ވަނީ ތާވަލް ކޮށްފައެވެ. އެއީ ލަވް ރަންޖަން ޑައިރެކްޓް ކުރާ ފިލްމެކެވެ.
ކިތަންމެ ބޮޑު ފިލްމަކާ މުޑި އެރިކަމުގައި ވިޔަސް ކާތިކަށް އެއީ މިހާރު އެއްވެސް ކަމަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ. އޭނާގެ އެންމެ ފަހުން ރިލީޒް ކުރި ފިލްމު "ބޫލް ބުލައްޔާ2″ ވެސް ވަނީ ކަންގަނާގެ ފިލްމު "ދާކަޑް"ގެ މައްޗަށް ކުރި ހޯދާފައެވެ.
#Shehzada Returns Home 👑
Feb 10th 2023 !! @kritisanon #RohitDhawan @ipritamofficial @mkoirala @SirPareshRawal @RonitBoseRoy @SachinSKhedekar #BhushanKumar #KrishanKumar #AlluAravind #SRadhaKrishna @TheAmanGill@TSeries @AlluEnts @haarikahassine @CastingChhabra pic.twitter.com/UaHsS1SlKX— Kartik Aaryan (@TheAaryanKartik) July 16, 2022
ފިލްމުގެ ކާމިޔާބާއެކުގައި ކާތިކް މިހާރު ހުރީ "ކްލައުޑް ނައިން" ގައެވެ. އޭނާގެ ޑިމާންޑާއި މަގުބޫލުކަން މިހާރު ހުރީ އެތައް ގުނައަކަށް އިތުރުވެފައެވެ.
މީގެ ހަތަރު އަހަރު ކުރިން ނެރުނު ފިލްމު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެ ކާމިޔާބާއެކު ވިދައިލި ކާތިކްގެ ކުރިއަށް އޮތް ފިލްމަކީ 2020 ގައި ރިލީޒްކުރި ތެލޫގޫ ފިލްމު "އާލާ ވައިކުންތަޕުއްރަމުލޫ"ގެ ރިމޭކު "ޝެހެޒާދާ" އެވެ.
"ޝެހެޒާދާ" ގައި ކާތިކާ އެކުގައި ފެނިގެން ދާނީ ކްރިތީ ސެނޮން އެވެ. މިއީ.މި ދެތަރިން އެކުގައި ކުޅޭ ދެވަނަ ފިލްމެވެ.