ހއ. ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިއަހަރުގެ މިނިވަންދުވަހު ރަސްމީ ގޮތުން ފެށުމަށް ތައްޔާރު ވެއްޖެއެވެ.
އެމްޓީސީސީން ބުނީ ހޯރަފުށީގެ ޕޭމަންޓްތަކުގެ ސަބް ބޭސް ހެދުމުގެ މަސައްކަތް މިދިޔަ ބުދަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ތާރު އެޅުމަށް ބޭނުންވާ ސަމާނާއި އެހެނިހެން ތަކެތި ވެސް ހޯރަފުއްޓަށް ފޮނުވާފައިވާ ކަމަށެވެ.
ހއ.ހޯރަފުށީގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުއެވެ. ހޯރަފުށީގައި މަގު ހެދުމުގެ މަސައްކަތް ރަސްމީކޮށް ފެށީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ.
We have commenced sub-base works for Ha. Hoarafushi Road Construction Project, on 13th July 2022. ABC and asphalt materials have been delivered to the project site.#MTCCProjects #RayyithungeKunfuni pic.twitter.com/tCfBjiebjD
— MTCC Plc (@MTCCPlc) July 17, 2022
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހޯރަފުށީގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 16 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. ހޯރަފުށީގެ ބޮޑު މަގުތައް ހިމެނޭހެން 5.3 ކީލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން މަގުތަކުގައި ބައްތި ޖެހުމާއި ފެންހިންދާ ނިޒާމު ޤާއިމުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ. ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޓީސީސީއާއި ޙަވާލުކޮށްފައިވަނީ 71.9 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގެ 5،303 މީޓަރުގެ ދިގު ސަރަހައްދެއްގަިއ ތާރު އަޅާނެއެވެ. އަދި 11،113.80 އަކަ މީޓަރު ސަރަހައްދެއްގައި ދުވާރު ހަދައި ފެން ހިންދާ ނިޒާމް ގާއިމްކޮށް މަގު ބައްތި ހަރުވެސް ކުރާނެއެވެ.