ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލާނީ މަޖިލީހުން، ސްޕްރީމް ކޯޓަކުންނޫން: ފިރުޝާން

ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލާނީ މަޖިލީހުން، ސްޕްރީމް ކޯޓަކުންނޫން: ފިރުޝާން

Author
މުޙައްމަދު ޝަޒައިމް
16 ނޮވެމްބަރ 2020 02:13
0

ދައުލަތުގެ ވަޒީރުންގެ މަސްއޫލިއްޔަތާއި ހަވާލުވެ ތިއްބަވާ ވަޒީރުންނާއި ގުޅުން ހުންނަ މައްސަލަތައް ބަލައި، ވަޒީރުންގެ ޒިންމާދާރު ކުރުވުގެ ޒިންމާ އަދާކުރާނީ ރައްޔިތުންގެ މަޖިލީހުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރަގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީއާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދައިރާގެ މެމްބަރު ވަޒީރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީ މެމްބަރު މީކާއިލް ނަސީމް ގޮވައިގެން ސްޕްރީމް ކޯޓަށް ދިއުމަށް މިނިސްޓަރ މަލީހު ނިންމެވި ނިންމެވުމާއި ގުޅޭގޮތުން ފިރުޝާން ވިދާޅުވީ ޤާނޫނު އަސާސީގެ 101 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ވަޒީރުންގެ އިތުބާރާއި ގުޅޭޭ މައްސަލަތައް ބަލާނީ މަޖިލީހުން ކަމަށެވެ.

ރައްޔިތުން އިންތިޚާބުކޮށްފައިވާ މެމްބަރުންނަށް ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނެ ގޮތާއި، ސަބަބު ބަޔާންކޮށްފައިވާއިރު މި އުސޫލުން މައްސަލައެއް ހުށަހެޅުމުން އެކަން ނިންމަން ސްޕްރީމްކޯޓަށް ދިއުމަކީ ޤާނޫނޫނު އަސާސީން ތަންދޭ ކަމެއް ނޫންކަމަށެވެ. ވަޒީފާ ގެއްލިދާނެކަމަށް ބަލައި ޢާންމު ވަޒީފާތަކުގައި ތިއްބަވާ ބޭފުޅުން އަމަލުކުރައްވާ އުސޫލުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ސްޕްރީމްކޯޓަށް ގޮސް، ވަޒީފާއާއި ބެހޭ ޓްރެބިއުނަލަށް ދާން ބުނުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްކަމަށެވެ.

މިނިސްޓަރ މަލީހު ވިދާޅުވީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ހައްގެއްގެ ބޭނުން ކުރުމުގެ އެކަމާއި، ދެކޮޅަށް މަޤާމުގެ ބިރުދައިކައި، ނުފޫޒު ފޯރުވަން އުޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އައި މިއީ ޤާނޫނީ ނިޒާމުގެ ބާރު ކަނޑުވާލައި، ޤާނޫނު އަސާސީގެ ބާރު ދެތިކޮށްލުމަށް ދީފައިވާ ނުރައްކާތެރި ސިގުނަލެއްކަމަށް މަލީހު ވިދާޅުވިއެވެ.

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްދިނުން އެދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅާފައިވާ މައްސަލާގައި މިނިސްޓަރ މަލީހު ވިދާޅުވީ މައްސަލަ ވެއްދިއިރު ވައްދާފައިވަނީ އެއްވެސް ގުޅުމެއްނެތި ތާކުންތާނު ނުޖެހޭ ތުހުމަތުތަކެއްގައި ޤާނޫނު ނުބައިކޮށް މާނަކޮށްގެން ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.