ސިޔާސީ މަންފާ ހޯދުމަކީ ސިޔާސީ ޕާޓީތަކުގެ އަސާސްކަމުގައި ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީއާއި، އެޕާޓީގެ ރައީސް އިމްރާންގެ މަޤްސަދަކީވެސް ސިޔާސީ މަންފާ އިތުރު ކުރުންކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްމަބަރު މުހައްމަދު ރާއީ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައި ސައުދުވަނީ، މަޖިލިސް މެމްބަރު ރާއީ އެހެން ޕާޓީތަކުގެ ލީޑަރުންނާއި "އަޅައިގަނެގެން" އުޅެނީ ތިމާ ނިސްބަތްވާ ޕާޓީގެ ނާގާބިލް ވަޒީރުންނާ ސުވާލެއްވެސް ކުރައްވަން ނުކެރިގެންތޯ ސުވާލު ކުރައްވާފައެވެ.
https://t.co/8rUL1NnsxY Siyaasee manfaa hoadhumakee siyaasee party thakuge asaas.Majulis member kamah aee Kon kamehga tho?miadhaa hamayah haasil v kon kamehtho?kobai tho Rahyithunge haqqugai kohdhevunu kamakee.Sheyhu @ShimranAb alhaa ganegen ulhenee thimaa nisbahvaa party ga .
— Saudulla Ahmed (@saudullaahmed1) July 15, 2022
އަދި ސައުދުވަނީ، ހިތްވަރެއް ހުރިނަމަ، ކަންކަން ނުކުރެވޭ، ނާގާބިލް ވަޒީރުން މަޖިލީހަށް ގެންސް އެ ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރު ރާއީއަށް ގޮވާލައްވާފައެވެ. ސައުދު ވިދާޅުވެފައިވަނީ، ދާއިރާގެ ރައްޔިތުންގެ ވިންދަކީ އަދާލަތު ޕާޓީކަމުގައި ހަދައިގެން އުޅުކަމީ ލަދުވެތި ކަމެއް ކަމުގައެވެ.
ސައުދު މަކުނުދޫ ދާއިރާގެ މެމްބަރު ރާއީއަށް ފާޑު ވިދާޅުވެފައިވާއިރު، އަދާލަތު ޕާޓީ ދިވެހި ރައްޖޭގައި އުފެދިގެން އައީ ފަނޑުވަމުންދިޔަ މާތްވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކަމުގައާއި، އަދި އެޕާޓީން ކުރިއަށް އޮތް ތަނުގައި ދެމި އޮންނާނީވެސް އެޒިންމާ އަދާކުރުމުގައި ކަމަށް އެޕާޓީގެ ރައީސް އިމްރާން ވިދާޅުވެ ދެއްކެވި ވާހަތަކަށް މެމްބަރު ރާއީވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ރާއީ ވިދާޅުވީ އަދާލަތު ޕާޓީ ރާއްޖޭގައި އޮތްކަމުގައި ވީނަމަވެސް އަދި ނެތްކަމުގައި ވީނަމަވެސް ރާއްޖޭގައި މާތްވެގެންވާ އިސްލާމްދީން ފަނޑުވެގެން ނުދާނެކަމަށެވެ. އަދާލަތު ޕާޓީއާއި، ޝައިޚު އިމްރާންވެސް މިހާތަނަށް މަސައްކަތް ކުރައްވާފައިވާ ސިޔާސީ ގޮތުން ހޯދެން އޮތް މަންފާއެއް ހޯދުމުގައިކަމަށް ރާއީ ވިދާޅުވިއެވެ. އެނޫން ނިޔަތެއްގައި އިމްރާންވެސް އަދާލަތުންވެސް މަސައްކަތް ކޮށްފައިވާތަން ނުފެންނަ ކަމަށް ރާއީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ