ސްރީލަންކާހެ ދާޚިލީ ކަންކަމާއި ބެހުމުގެ އެއްވެސް ހައްގެއް ރާއްޖޭގެ ސިޔާސީ ފަރާތްތަކަށް ނޯންނާނެކަމަށް، ޖަމިއްޔަތުލް ޞަލަފުގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ. އަލީ ރަމީޒް މިފަދައިން ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ބައެއް ފަރާތްތަކުން އެޤައުމުގެ ދާޚިލީ ކަންކަމާއ ގުޅޭގޮތުން ދައްކާ ވާހަކަތަކާއި ގުޅިގެންނެވެ.
އެގޮތުން ކުރީގެ ރައީސް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ލަންކާގެ މިހާރުގެ ހާލަތުން އަރައިގަތުމަށް ބޭނުންވަނީ ގާބިލު ހަރުދަނާ ސަރުކާރެއް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޢަލީ ރަމީޒް ވިދާޅުވީ، ލަންކާގެ ދާޚިލީ ކަންތައްތަކާ ބެހުމުގެ އެއްވެސް ހައްގެއްް ރާއްޖޭގެ ސިޔާސީ ލީޑަރުންނަކަށް ނޯންނާނެ ކަމަށާއި، އެމީހުންގެ ކަންކަން ނިންމަންވާނީ އެމީހުން އަމިއްލައަށް ކަމަށެވެ. ލަންކާއަށް ދިމާވެފައިވާ ކަންކަން ހައްލުކުރުމުގެ ޤާބިލުކަން އެޤައުމުގެ ރައްޔިތުންގެ ކިބައިގައި ހުންނާންނެކަމަށްވެސް ޢަލީ ރަމީޒް ވިދާޅުވެފައިވެއެވެ.
Sri Lanka is a sovereign nation. Their citizens have the capacity to resolve their issues and civil conflicts. Politicians in Maldives do not have the right to interfere in their affairs. Let Sri Lankans resolve issues themselves. #SriLanka #SriLankaCrisis #SriLankaProtests
— Ali Rameez (@aliramyz) July 11, 2022
ޢަލީ ރަމީޒް މިހެން ވިދާޅުވެފައިވާއިރު، ލަންކާއަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް، އެހެން ގައުމުތަކުން އެހީ ހޯދަން މެދުވެރިއެއްގެ ރޯލު އަދާކުރަން މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުން ހަމަޖައްސާފައިވަނީ ރައީސް ނަޝީދެވެ. އެމަނިކުފާނު ހަމަޖައްސާފައިވަނީ އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށެވެ.
ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރެއް ހިންގޭ ފަދަ ތަޖުރިބާހުރި ބަޔަކާ އެކީ ލަންކާއަށް ދިމާވެފައި އޮތް މައްސަލަތަކުން އަރައިގަނެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
ކޮމެންޓު ފޮނުވާ