ފިތުރު ޢީދުގައި މާލޭގައި ހިންގި ގްރޫޕްމާރާމާރީއާ ގުޅުންހުރި އެންމެން ހައްޔަރުކޮށްފި

ފިތުރު ޢީދުގައި މާލޭގައި ހިންގި ގްރޫޕްމާރާމާރީއާ ގުޅުންހުރި އެންމެން ހައްޔަރުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 ޖުލައި 2022 09:20
0

މިދިޔަ ފިތުރު އީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަން އިއުލާނުކޮށްފައިވާ 4 މީހުންވެސް ހައްޔަރު ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފިތުރު ޢީދު ދުވަހު ޖަނަވަރީ މަގާއި މަޖީދީމަގު ގުޅޭ ހިސާބުގައި ހިންގި މާރާމާރީއާ ގުޅިގެން އިއުލާނުކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދިޔައީ ކުރަމުންނެވެ. މީގެ ތެރެއިން މިހާތަނަށް ހައްޔަރު ނުކުރެވިވާ މީހާ އިއްޔެ ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު، 20، އެވެ.

މިމައްސަލައާ ގުޅިގެން މި ހަތަރު މީހުން އިތުރުން އިތުރު ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.

މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.