އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ރަހީމް ސްޓާލިން ޗެލްސީއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ދަށުން އޭނާއަށް ދައްކާނެ ފީ އާމެދު ދެ ކުލަބުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ.
ރިޕޯޓުތައް ބުނާގޮތުން ސްޓާލިންގެ އަގު 50 މިލިއަން ޕައުންޑަށް އަރާނެއެވެ. ސްޓަރލިން ގެންދިއުމުގެ ފީ 50 މިލިއަން ޕައުންޑަށް އަރަނީ ފަހުން އިތުރުވާ ބައިތަކާވެސް އެކުއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އިންގްލޭންޑްގެ ގައުމީ ޓީމުގައި ވެސް ހިމެނޭ ސްޓާލިން، ޗެލްސީއާއެކުގައި އެއްބަސްވީ ހަފްތާއަކު މުސާރައިގެ ގޮތުގައި 315،000 ޕައުންޑްގެ މުސާރައެއް ލިބޭ ކޮންޓްރެކްޓަކަށެވެ.
Raheem Sterling to Chelsea, here we go! Final approval arrived from Man City. £45m fee plus £10m add-ons. Personal terms agreed days ago, it was never an issue. It’s done 🚨🔵 #CFC
Contract until 2027 plus option for further year. Tuchel already had direct conversation with him. pic.twitter.com/tr15HUp2B1
— Fabrizio Romano (@FabrizioRomano) July 9, 2022
ސްޓާލިންގ ޗެލްސީއަށް ސޮއިކުރުމަށް ހަމަޖެހިފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އެއްބަސްވުމުގައި އިތުރު އެއް އަހަރު އިތުރު ކުރުމުގެ ދޮރުވެސް ހުޅުވާލެވިފައިވެއެވެ. ނަމަވެސް މިކަންކަން ނިންމުމުގެ ކުރިން ސްޓަރލިންގ ޗެލްސީގެ މެޑިކަލް ފުރިހަމަ ކުރަންޖެހޭނެއެވެ.
އުމުރުން 27 އަހަރުގެ ސްޓަރލިންގ ސިޓީ ދޫކޮށް ޗެލްސީއަށް މި ބަދަލުވަނީ އޭނާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އެއް އަހަރަށް ވެފައިވަނިކޮށެވެ. އަދި ގިނަ ކްލަބްތަކަކުން އޭނާއަށް ޝައުގުވެރިކަން އައީ ފާޅުކުރަމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަންނަ ހަފްތާގައި ޗެލްސީ އެމެރިކާގެ ޓުއަރ އަށް ފުރުމުގެ ކުރިން ސްޓަރލިންގގެ އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ. އަދި އޭނާ އެ ޓުއަރގައި ބައިވެރިވާނެކަމަށް ވަނީ ބެލެވިފައެވެ.
ކޮމެންޓު ފޮނުވާ