ހެޔޮއަގުގައި ކޮލެޓީ ލެޕްޓޮޕާއި، އިލެކްޓްރޯނިކް ސާމާނު "ޔޫ.އެސް.އޭ އިމްޕޯޓްސް" އިން

ހެޔޮއަގުގައި ކޮލެޓީ ލެޕްޓޮޕާއި، އިލެކްޓްރޯނިކް ސާމާނު "ޔޫ.އެސް.އޭ އިމްޕޯޓްސް" އިން

Author
މުޙައްމަދު ޝަޒައިމް
10 ޖުލައި 2022 01:52
0

ހަމައަގުގައި ވީހާވެސް އަގުހެޔޮކޮށް ލެޕްޓޮޕް އަދި އެހެނިހެން އިލެކްޓްރޯނިކްސް ވިއްކުމަށްޓަކައި"ޔޫ.އެސް.އޭ އިމްޕޯޓްސް" ގެ ނަމުގައި ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ގަލޮޅު ދަނޑު ހިމެނޭ ސަރަހައްދުގައި ބަނަފުސާ މަގުގައި ހުޅުވާފައިވާ މިފިހާރައިން ޚާއްސަ އަގުތަކެއްގައި ލެޕްޓޮޕް އާއި އެހެނިހެން އިލެކްޓްރޯނިކްސްގެ ސާމާނު ވިއްކަމުންދާ ކަމަށް އެފިހާރައިން މަޢުލޫމާތު ދެއެވެ. އެފިހާރައިގެ އޮފިޝަލަކު ވިދާޅުވީ، އެއީ ލެޕްޓޮޕާއި އިލެކްޓްރޯނިކް ސާމާނަށް ޚާއްސަ ކޮށްފައިވާ ފިހާރައެއް ކަމަށެވެ.

މިތަނުން އަޅުގަނޑުމެން މިވަގުތަށް ބޮޑަށް ޓާގެޓް ކޮށްފައި ވާނީ ލެޕްޓޮޕް، އަދި އެސެސަރީޒްއަށް، ހުރިހާ ބްރޭންޑެއްގެ ލެޕްޓޮޕް ހެޔޮ އަގުގައި ލިބޭނެ. ޕްރީ އޯޑަރ ކޮށްގެން އެކި ވައްތަރުގެ ސާމާނާއި އެކި އަގުގެ ފަހުގެ ފޯނު ވެސް މިތަން މެދުވެރިކޮށް ފޯރުކޮށްދެވޭނެ.

– އޭނާ ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އެ ފިހާރައަށް އެތެރެ ކުރާ ކޮންމެ އެއްޗަކީ ސީދާ އެމެރިކާއިން އެތެރެކުރާ އެއްޗެހި ކަމަށެވެ. އޮރިޖިނަލް ލެޕްޓޮޕާއި އެހެނިހެން އިލެކްޓްރޯނިކްސްގެ ސީދާ އޮރިޖިނަލް އެންމެ ހެޔޮ އަގުގައި އެ ފިހާރަ އިން ލިބެން ހުންނާނެކަމަށްވެސް މައުލޫމާތު ދެއެވެ.

ޔޫ.އެސް.އޭ އިމްޕޯޓްސް އަށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ބޮޑު މާކެޓެއް ލިބިފައިވާއިރު، އެ ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައި، ލެޕްޓޮޕާއި އިލެކްޓްރޯނިކްސްގެ އިތުރުން ސްކިންގ ކެއާރގެ ބާވަތްތަކާއި ކޮސްމެޓިކްސް އަދި އެހެނިހެން ތަކެތި ވިއްކުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށްވެސް އެފިހާރައިން މަޢުލޫމާތު ދެއެވެ. އެ ފިހާރައިން ވިއްކާ ކޮންމެ ލެޕްޓޮޕަކަށް، ހިލޭ ލެޕްޓޮޕް ދަބަހާއި، 6 މަހުގެ ލޯކަލް ވޮރަންޓީއާއި 1 އަހަރުގެ އިންޓަރނޭޝަނަލް ވޮރަންޓީ ލިބޭނެއެވެ.

ސްކޫލް ކުދިންނާއި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނާއި ޓީޗަރުންނަށް، އެކި ސައިޒްގެ އެކިފެންވަރުގެ އެކި ބްރޭންޑްތަކުގެ ލެޕްޓޮޕް ޚާއްސަ އަގުތަކެއްގައި އެފިހާރައިން ލިބެން އެބަހުއްޓެވެ.

ސްކޫލް ބޮޑު ޗުއްޓީއާ ދިމާކޮށް އެ ފިހާރައިން ޚާއްސަ ޕްރޮމޯޝަންތަކެއް ފަށާފައިވާއިރު، ޖުލައި 26 އާ ގުޅުވައިގެން ޤައުމީ ލަވަކިޔުމުގެ ޗެލެންޖެއް އެފިހާރައިން ކުރިއަށް އެބަގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.